PUREMIND® VR treatments (ޕިއޯރމައިންޑް ވީ. އާރު ޓްރީޓްމަންޓްސް) ނުވަތަ ފަރުވާގެ އަސާސަކީ ޒާމާނުއްސުރެ ކާމިޔާބާއެކު ފަރުވާއަށް ބޭނުންކުރާ ސައިކޮތެރަޕީއެވެ.
އަޅުގަނޑުމެންގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެނީ ފުޅާދާއިރާއެއްގައި ޓެސްޓުކޮށްފައިވާ ވީ.އާރު މޮޑިއުލްތަކެއް މެދުވެރިކޮށެވެ. ވީ.އާރު ބޭނުންކުރާއިރު ‘ސެންސަރީ ސްޓިމިއުލޭޝަން’ ނުވަތަ ހިއްސުތައް ހިލުވާލަދޭ މިންވަރު ކޮންޓްރޯލްކުރެވި ގާތުންދޭ ފަރުވާއަށްވުރެ ސަބްލިމިނަލް ބަދަލުތަކެއް ވީ.އާރު ތެރަޕީއިން މާރަނގަޅަށް ފޯރުކޮށްދެވޭނެއެވެ.ޚިދުމަތްތެރިންނަށް ތަމްރީނު ލިބިފައިވަނީ ވީ.އާރު ސެޝަންތަކުގައި ކްލައިންޓުންނަށްވާ ގޮތްތައް ހޯދައި ދިމާވާ މައްސަލަތައް ދެނެގަނެ ފަރުވާތައް އުފެއްދުމަށްޓަކައި އެހީތެރިވެއެވެ.
މީހުންގެ ނަފްސާނީ ސިއްހަތު ދެނެގަނެ ދުޅަހެޔޮކަން އިތުރުކުރުމަށް ތަފާތު ގޮތްތައް ހޯދުމަށް އެހީތެރިވެދޭ PUREMIND Diagnostic Assistant™ (PDA™) (ޕއޯރމައިންޑް ޑަޔަގްނޯސްޓިކް އެސިސްޓަންޓް) ޒާމާނީ ވީ.އާރު ޓޫލެއްވެސް އަޅުގަނޑުމެންވަނީ ތައްޔާރުކޮށްފައެވެ.
ސައިކޮތެރަޕީ އަދި ވީ.އާރު ޓެކްނޮލޮޖީ: އުފެދިފައިވަނީ އެކަތި އަނެކައްޗަށް
އަދުގެ މާހައުލުގައި ސައިކޮތެރަޕީ އައިސްފައިވަނީ ސިގްމަންޑް ފްރޮއިޑްގެ މަސައްކަތުންނެވެ. ބައެއް ފަހަރު ސައިކޮތެރަޕީއަކީ ‘ޓޯކިންގ ކިއޯރ’ ނުވަތަ ވާހަކަ ދައްކައިގެން ހައްލުކުރުން، ކަމުގައި ބުނެވެއެވެ. މިކަމަކީ މީހާގެ ވަންހަނާވެފައިވާ ވިސްނުމާމެދު ތަޖުރިބާހުރި ޚިދުމަތްތެރިއެއް ފޯރުކޮށްދޭ ހިޔާލުގެ އަލީގައި ޕޭޝަންޓުން އެމީހުންގެ އަމިއްލަ ނަފްސާމެދު ފުންކޮށް ވިސްނުމެވެ.
ސައިކޮތެރަޕީ އުފެދިފައިވަނީ ސައިކޮއެނަލިސިސްގެ ތެރެއިން، އަދި މިފަންނުގެ އިތުރު ވިސްނުންތައް ފަހުން ތައާރަފު ވަމުން ދިޔައެވެ. ދުނިޔޭގެ ތަފާތު ސަގާފަތުގައި އަދި ތެރަޕީ ދިނުމުގެ ސަގާފަތުގައި މީހާގެ އަމަލާއި އުޅުމުގައި ހުންނަ ނޭދެވޭ ސިފަތަކާއި ތަފާތު ބަލިތަކަށް ސައިކޮތެރަޕީއަކީ އިތުބާރުކުރެވޭ ރަނގަޅު ފަރުވާއެއްކަމަށް ބަލައިގަނެފައިވެއެވެ. .
Virtual Reality (VR) technology ޕިއޯރމައިންޑް ވަރޗުއަލް ރިއަލިޓީ ޓެކްނޮލޮޖީ (ވީ.އާރު) ގެ ތެރޭގައި ކޮމްޕިއުޓަރ މެދުވެރިކޮށް 3D މާހައުލެއް ހެޑްސެޓެއް މެދުވެރިކޮށް ބެލޭ ކޮންމެ އާލާތެއް ހިމެނެއެވެ. ސްމާޓް ފޯނުގެ ޓެކްނޮލޮޖީއާއެކު މޯބައިލް ފޯނުން މަންޒަރުތައް ކުރިއަށްދާގޮތް ހެޑްސެޓްތައް ބޭނުންކޮށްގެން ބެލެއެވެ.ވީ.އާރް ޓެކްނޮލޮޖީއަކީ ކުރިޔާ ބަލައި ހެޔޮ އަގެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންނަށް މަސައްކަތުގެ މާހައުލުން، ގޭތެރޭގައި އަދި ބޭރުތެރޭގައި އުޅެމުންވެސް ފަސޭހައިން ބޭނުންކުރެވޭ ޓެކްނޮލޮޖީއެކެވެ.
PUREMIND® (ޕިއޯރމައިންޑް(ގެ ފަރުވާގެ ޓްރީޓްމަންޓްތަކަކީ ޓެސްޓުކޮށްފައިވާ ވީ.އާރު އެޕްލިކޭޝަންތައް ސައިކޮތެރަޕީގައި ހިމަނައިގެން، އާދަޔާ ޚިލާފުގޮތަކަށް ތެރަޕީއާއި ޓެކްނޮލޮޖީ އެއްކޮށްލައިގެންދޭ ފަރުވާތަކެކެވެ.
މިހާތަނަށް ހެދުނު ޓެސްޓުތަކުން އަޅުގަނޑުމެންނަށް އާދަޔާ ޚިލާފު ނަތީޖާތަކެއް ފެނިގެން ގޮސްފައިވެއެވެ.