ގުޅުއްވުމަށް
menu-icon

އަޅުގަނޑުމެންގެ މަޤްޞަދު

ކޮންމެ އިންސާނަކީ ވެސް މައްސަލަތަކާއި، މާޒީގެ ޖަޒުބާތުތަކާއި، ތަފާތު އާދަތަކެއް ހުންނަ އަދި އެކަމުގެ ސަބަބުން އަހަރެމެންގެ އެންމެ ފުރިހަމަކަން ދައްކަން އުނދަގޫ މީހެކެވެ.

އަޅުގަނޑުމެންގެ ސައިކޮތެރަޕީގެ ބާރާއި ވީ.އާރު ޓެކްނޮލޮޖީގ ބޭނުންކޮށްގެން ނަފްސާނީގޮތުން ދުޅަހެޔޮ މީހުން އުފެއްދުމެވެ. އަޅުގަނޑުމެންގެ މަގުސަދަކީ ސައިކޯތެރަޕީ އާއި ވީއާރު ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ނަފުސާނީ ދުޅަހެޔޮކަން މީހުންގެ ތެރޭގައި އާލާކުރުމެވެ. އާންމުކޮށް ދިމާވާ ނަފްސަނީ މައްސަލަތަކާއި، ބަލިތަކާއި ނޭދެވޭ އާދަތައް (މިސާލު: ބަރުދަން ބެލެހެއްޓުމާއި، ސިގިރޭޓުބުއިން، އަދި ޑިޕްރެޝަންއާއި އެންޒައިޓީ) ހައްލުކުރުމަށް މަސަކަތްކުރާ ނަފްސާނީ ސިއްހަތާ ގުޅޭ ޚިދުމަތްތެރިންނާއި ސިއްހީ ޚިދުމަތްތެރިންނަށް ޒަމާނީ ވީ.އާރު ޓޫލްސެޓް އަޅުގަނޑުމެން ފޯރުކޮށްދެމެވެ. ވީ.އާރު މެދުވެރިކޮށް ފަތުރުވެރިންނަށް އަރާމުކޮށްލާ ސްޓްރެސްއާއި ހާސްވާ ކަންކަމުން ދުރުހެލިވެ އުފަލުގައި ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ފަތުރުވެރިކަމާގުޅޭ ސިނާއަތްތަކަށް PUREMIND Serenity (ޕިއޯރމައިންޑް ސެރެނިޓީ) ފޯރުކޮށްދެމެވެ .ތެރަޕީފޯރުކޮށްދޭ ޚިދުމަތްތެރިންނަށް ސަޕޯޓު ކުރުމުގައި އީޖާދީ ވީ.އާރު ޑަޔަގްނޯސްޓިކް ޓޫލް ކަމަށްވާ ސިނާއަތްތަކަށް PUREMIND Diagnostic Assistant  (ޕިއޯރމައިންޑް ޑަޔަގްނޯސްޓިކް އެސިސްޓަންޓް) ފޯރުކޮށްދެމެވެ.

އަޅުގަނޑުމެން ދުނިޔޭގައި ކުރިއަރަމުންދާ އިލްމުވެރިންނާއި ޚިދުމަތްތެރިންނާއި ގުޅިގެން ދުޅަހެޔޮކަން ބިނާކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމެވެ.

އަޅުގަނޑުމެން މަސައްކަތްކުރަނީ އޮސްޓްރޭލިއާގެ މޮނޭޝް ޔުނިވަރސިޓީ އާ ގުޅިގެންނެވެ.

mu-sec-puremind-icon
mu-logo
Monash University Logo: Copyright © 2017, Monash University, CRICOS Provider Number 00008C.

އަޅުގަނޑުމެންނަކީ PUREMIND® VR Therapy  (ޕިއޯރމައިންޑް ވީ.އާރު ތެރަޕީ) އީޖާދުކޮށް އުފ މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ހަޔާތް އިތުރަށް ދުޅަހެޔޮކުރުމަށްޓަކައި ބޭނުންކުރެވޭ އައު ގޮތެކެވެ. އޮސްޓްރޭލިއާގެ މެލްބޯރންގައި އުފެއްދިފައިވާ އަޅުގަނޑުމެންގެ ޓީމަކީ ބައިނަލްއަގުވާމީ ގޮތުން ބިނާވަމުންދާ ޓިމެކެވެ. އަޅުގަނޑުމެންގެ އަމާޒަކި ދުނިޔޭގެ ވިހާވެސް ގިނަ ބަޔަކަށް އެހީތެރިވުމެވެ.

އަޅުގަނޑުމެންނަކީ PUREMIND® VR Therapy  (ޕިއޯރމައިންޑް ވީ.އާރު ތެރަޕީ) އީޖާދުކޮށް އުފައްދާ މީހގުންނެވެ. މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ހަޔާތް އިތުރަށް ދުޅަހެޔޮކުރުމަށްޓަކައި ބޭނުންކުރެވޭ އައު ގޮތެކެވެ. އޮސްޓްރޭލިއާގެ މެލްބޯރންގައި ފެށުނު އަޅުގަނޑުމެންގެ ޓީމަކީ ބައިނަލްއަގުވާމީ ގޮތުން ބިނާވަމުންދާ ޓިމެކެވެ. އަޅުގަނޑުމެންގެ އަމާޒަކި ދުނިޔޭގެ ވިހާވެސް ގިނަ ބަޔަކަށް އެހީތެރިވުމެވެ. .

މޮނޭޝް ޔުނިވަރސިޓީއާއެކު އަޅުގަނޑުމެންގެ ދިރާސާކުރާ ޓީމުން މަސައްކަތްކޮށްފައިވަނީ ދުނިޔޭގެ ޒަމާނީ ދިރާސާތަކުގެ އަލީގައި އަޅުގަނޑުމެންގެ ޚިދުމަތްތައް ކުރިއެރުވުމަށެވެ.

އަޅުގަނޑުމެންގެ އީޖާދީ އަދި ފަންނީ އެމެރިކާއިން މަސައްކަތްކުރުމަށް ހަމަޖެހިފައިވާVirtual Reality (ވަރޗުއަލް ރިއަލިޓީ) ޓީމް ވީ.އާރުގެ ބައިތައް މޮޑިއުލްގައި ހިމެނުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށް އަޅުގަނޑުމެންގެ ދިރާސީ ޓީމާއެކީ މަސައްކަތްކޮށްފައިވެއެވެ.

އަޅުގަނޑުމެންގެ Information Technology Platform (އިންފޯރމޭޝަން ޓެކްނޮލޮޖީ ޕްލެޓްފޯމް) އުފައްދާފައިވާ Dotsquares (ޑޮޓްސްކުއަރސް) އިން އިންޓަރނެޓްގެ ޒަރިއްޔާއިން ފޯރުކޮށްދޭ ޕްލެޓްފޯމަކީ އިތުބާރުކުރެވޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޭނުންކުރެވޭ އަދި ފަސޭހައިން ބޭނުންކުރެވޭ ޕްލެޓްފޯމެކެވެ. Dotsquares (ޑޮޓްސްކުއަރސް) އިން ވަރަށް ފުޅާކޮށް މުޅި ދުނިޔޭއަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އޮސްޓްރޭލިއާ، އިނގިރޭސިވިލާތު، އެމެރިކާ، އެކުވެރި އަރަބި އިމާރާތް، އިންޑިއާ އަދި ފަރަންސޭސިވިލާތް ހިމެނެއެވެ. ކޯވިޑް-19ގެ ހާދިސާއަށްފަހު މުޅި ދުނިޔޭގެ މީހުންގެ ދިރިއުޅުމަށް އައި ލޮޅުންތަކާއި ހިތާމަތަކާއި އިޖުތިމާއީ ހަލަބޮލިކަމުގެ ސަބަބުން ނަފްސާނީ ސިއްހަތާ ގުޅޭ ޚިދުމަތްތައް ހޯދުމަށް އިންތިހާއަށް އިތުރުވެގެން ދިޔައެވެ.

އަޅުގަނޑުމެންގެ PUREMIND® VR Therapies  (ޕިއޯރމައިންޑް ވީ.އާރު ތެރަޕީ) ފަރުމާކޮށްފައިވަނީ އެކި ބާވަތުގެ ތެރަޕީތައް ބޭނުންވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށެވެ. .

virtual-reality

ދިރާސާ ޓީމް

އޮސްޓްރޭލިއާގެ މެލްބޯރންގައި ފެށިފައިވާ އަޅުގަނޑުމެންގެ ދިރާސާ ޓީމްއަކީ ތެރަޕީ ހޯދުމުގެ ފައިދާއާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، ނަފްސާނީ މައްސަލަތަކާ ގުޅޭގޮތުން ހުންނަ ސްޓިގްމާ މަދުކުރުމާއި މީހުންނަށް އެކަށީގެންވާ އަދި ބަލައިގަންނަ ޚިދުމަތްތެރިންނާ ހަމައަށް މީހުން ގުޅުވައިދިނުމަށް މަސައްކަތްކުރާ ޓީމެކެވެ. މޮނޭޝް ޔުނިވަރސިޓީގެ ފަރާތުން އަޅުގަނޑުމެންގެ ޚިދުމަތްތައް އުފެއްދުމަށާއި ޓެސްޓުކުރުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި އަޅުގަނޑުމެން ގުޅިގެންކޮށްފައިވާ މަސައްކަތްތަކަށް ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރަމެވެ.

virtual-reality

ސަޕޯޓު ޓީމް

އަޅުގަނޑުމެންގެ ސަޕޯޓު ޓީމް މަސައްކަތްކުރަނީ މިޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކީ އެޚިދުމަތެއް ބަލައިގަންނަ ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތްކަށް ހަދައިދިނުމަށެވެ.

virtual-reality

މާކެޓިންގ އަދި ސޭލްސް ޓިމް

އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ މާކެޓިންގ އަދި ސޭލްސް ޓީމުން ވަރުބަލިކަމެއްނެތި މަސައްކަތްކުރަނީ ނަފްސާނީ ޚިދުމަތްތެރިންނަށް އެފަރާތްތަކުގެ ޚިދުމަތްތައް އިތުރުކުރުމަށާއި އެފަރާތްތަކުންކުރާ ވިޔަފާރިތައް ކުރިއެރުވުމުގައި ހައްލުތަކެއް ނެރެދޭށެވެ. އަދި މިޓީމުން އަޅުގަނޑުމެންގެ ހާއްސަ މިޝަންއާއި ތަޞައްވުރާއި، ޚިދުމަތްތަކާއި އެކީގައި މަސައްކަތްކުރުމުގެ ފުރުސަތުތަކާމެދު މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަޅުގަނޑުމެންގެ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ދަނީ އައު ބަސްތަކަށް ތަރުޖަމާކުރެވި އަދު ކުރެވެމުންނެވެ.

about-img-1
about-img-2
about-img-3