PUREMIND® VR Therapy (ޕިއޯރމައިންޑް ވީ.އާރު ތެރަޕީ) ފޯރުކޮށްދޭނީ އަޅުގަނޑުމެންގެ ތަމްރީނު ލިބިފައިވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކްލިނިޝަނުންނާއި ޚިދުމަތްތެރިންނެވެ.
އަޅުގަނޑުމެންގެ ޚިދުމަތްތައް ހޯދުމަށް ވެބްސައިޓްގައިވާ PUREMIND® Agent(s) (ޕިއޯރމައިންޑް) އެޖެންޓުންނަށް ގުޅާލައްވާށެވެ. އަޅުގަނޑުމެންގެ އެޖެންޓުން މި ޚިދުމަތްތައް ބޭނުންކުރުމުގެ ފައިދާތަކާއި ޚިދުމަތްހޯދޭނެ އެންމެ ގާތުގައިވާ PUREMIND® (ޕިއޯރމައިންޑް) ގެ ޚިދުމަތްތެރިންނަށް ގުޅާލަދޭނެއެވެ.
އަޅުގަނޑުމެންގެ ވެބްސައިޓުގައި ހިމަނާފައިވާނުވާ އޭޖެންޓުންނާއި އަދި އަޅުގަނޑުމެން ބަޔާންކޮށްފައި ނެތް އެހެނިހެން ވެބްސައިޓްތަކަކީ އަޅުގަނޑުމެންނާ ގުޅިފައިވާ ބައެއްނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ.
އަޅުގަނޑުމެން ފުޅާ ދާއިރާއެއްގައި ހިންގި ދިރާސާތަކުން ދައްކާގޮތުގައި ހިޕްނޮތެރަޕީއާއި ވަރޗުއަލް ރިއަލިޓީ ގުޅުވާލުމަކީ ރައްކާތެރި އަދި ކާމިޔާބު ކަމެކެވެ.
ވީ.އާރު ހެޑްސެޓް ބޭނުންކޮށްގެން ވީ.އާރުގެ މަންޒަރުތަކުގައި ހާއްސަ ވީ.އާރު މޮޑިއުލްތަކުގެ އަޑާއި މަންޒަރުތައް ދައްކުވައިދޭ ތެރަޕީ ސެޝަންތަކެއް ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. އަދި މިސެޝަންތަކުގައި އެހެން ކަންކަމަށް ސަމާލުދީ، އައު ވިސްނުމަކާއިގެން ރަނގަޅު އާދަކާދަތަކާއި އުޅުންތަކަށް އަހުލުވެރިވެ ނަފްސާނީގޮތުން ލުއިވެ ފަސޭހަވުމަށް އަވަސްވެއެވެ.
PUREMIND® (ޕިއޯރމައިންޑް) މޮޑިއުލްތައް ފަރުމާކުރެވިފައިވަނީ ތަމްރީނު ލިބިފައިވާ ޚިދުމަތްތެރިންގެ ސުޕަވިޒަން ނުވަތަ ބެލުމުގެ ދަށުންނެވެ.
ވާރޓިގޯ ފަދަ ބަލިތައް ތަހައްމަލުކުރާ ކްލައިންޓުން ސެޝަން ނެގުމުގެ ކުރިން މަންޒަރުތައް ހެޑްސެޓް އަޅާލައި ޓެސްޓުކޮށްލަންވާނެއެވެ. އެހެންނޫނިއްޔާ އަޅުގަނޑުމެންގެ މޮޑިއުލްތަކަކީވެސް ރައްކާތެރި އެއްޗިއްސެވެ.
އަޅުގަނޑުމެންގެ ޚިދުމަތްތައް ބޭނުންކޮށްގެން ‘ހިޕްނޮޓައިސް’ ވެފައި ނުހުންނާނެއެވެ. މޮޑިއުލްތަކުން ވަރަށް މީހާގެ ވިސްނުމަށް ފުންކޮށް ހަމަޖެހުމެއް ލިބި، އެހެން ކަންކަމަށްދޭ ސަމާލުކަން ކުޑަކުރާނެއެވެ.
ވިސްނުމަށް އަމާޒުކުރުމުގެ ސަބަބުން ޚިދުމަތްތަކުން ލިބޭ ފަރުވާއިން ނޭދެވޭ އަސަރުތަކެއް ބައިވެރިންނަކަށް ނުކުރާނެއެވެ. މިސާލަކަށް ބުނާނަމަ، ސިނގިރޭޓު ހުއްޓާލާމީހާ ‘ނިކޮޓިން ޕެޗް’ ޖަހައިގެން ނުވަތަ ނަފްސާނީ ސިއްހަތާގުޅޭ މައްސަލައަކަށް ނުވަތަ ޖިންސީގުޅުން ހިންގުމަށް މައްސަލައެއް ކުރިމަތިވާ މީހަކު ބޭސް ނަގައިގެން ކުރާފަދަ އަސަރުތަކެއް ނުކުރާނެއެވެ.
އަޅުގަނޑުމެންގެ މޮޑިއުލްތައް ބޭނުންކޮށްގެން ސިއްހަތާއި ދުޅަހެޔޮކަމާ ގުޅުންހުރި ބައިވަރު މައްސަލަތައް ރަނގަޅުގޮތެއްގައި ހައްލުކުރެވޭނެއެވެ.
PUREMIND® VR Therapy (ޕިއޯރމައިންޑް ވީ.އާރު ތެރަޕީ) އަކީ ހިޕްނޮތެރަޕީގެ ބައިތަކާ އަދި ވަރޗުއަލް ރިއަލިޓީގެ ޓެކްނޮލޮޖީ އެއްކޮށްލައިގެން ސައިކޮތެރަޕީ ދިނުމަށް އީޖާދުކޮށްފައިވާ ހައްލެކެވެ.
ވޭތުވެ ދިޔަ އަހަރުތަކުގައި ފުޅާ ދާއިރާއެއްގައި ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ހިޕްނޯތެރަޕީއާއި Virtual Reality (VR) ވަރޗުއަލް ރިއަލިޓީ (ވީ.އާރު) އަކީ ނަފްސާނީ މައްސަލަތަކާއި ބަލިތަކަށް ކާމިޔާބު ފަރުވާއެކެވެ.
ހިޕްނޯތެރަޕީއަކީ ކާމިޔާބު ފަރުވާއެއްކަމަށް ވަރަށް ގިނަ ކުރިއަރާފައިވާ ގައުމުތަކުން ބަލއިގަނެފައިވެއެވެ. މިތެރަޕީއިން އަމާޒުކުރަނީ މީހާގެ ‘ސަބް-ކޮންޝަސް’ ނުވަތަ ވަންހަނާވެފައިވާ ވިސްނުމުގެ ބަޔަށެވެ. ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ހާމަކުރާގޮތުގައި އާބާދީގެ %90 މީހުން ކާމިޔާބުކަމާއެކީ ‘ހިޕްނޮޓައިސް’ ކުރެވިދާނެއެވެ.
ތެރަޕީ ދިނުމުގެ ޓޫލެއްގެ ގޮތުގައި ވަރަށް ބައިވަރު އެޕްލިކޭޝަންތަކާއި އާލަތްތަކުގައި ވީ.އާރު ބޭނުންކުރުމަކީ މަޤުބޫލުވަމުން އަންނަ އެއްޗެކެވެ. އަޅުގަނޑުމެންގެ ސިކުނޑި އުފެދިގެންވަނީ ‘ވިޝުއަލް’ ނުވަތަ ލޮލަށް ފެންނަން ހުންނަ މައުލޫމާތުތަކަށް:
- އަޅުގަނޑުމެން ސިކުނޑި ބޭނުންކޮށްގެން ނަގައިންގަންނަ %90 މައުލޫމާތަކީ ‘ވިޝުއަލް’ ނުވަތަ ލޮލަށް ފެންނަން ހުންނަ މައުލޫމާތު
- އިންސާނުންގެ ސިކުނޑިން ފެންނަ މަންޒަރަކުން އެންމެ 13 މިލިސިކުންތުތެރޭ މައުލޫމާތު ނަގައިގަނޭ
- އިންސާނެއްގެ ސިކުނޑިން ލިޔެފައިވާ މައުލޫމާތާ އަޅާބަލާއިރު ފެންނަ މަންޒަރަކުން ދޭހަވާ މައުލޫމާތު 60,000 އަވަހަށް ނަގައިގަނޭ
- 20% މީހުން ކިޔާ އެއްޗެއް ހަނދާން ހުންނައިރު، %10 މީހުން އަޑުއިވޭ އެއްޗެއް ހަނދާން ހުރޭ އަދި %80 މީހުން ލޮލުން ފެންނަ އެއްޗެއް ހަނދާންހުރޭ.
PUREMIND® VR Therapy (ޕިއޯރމައިންޑް ވީ.އާރު ތެރަޕީ) ފަރުމާކުރެވިފައިވަނީ އެންމެ ފުރަތަމަ Prime VR Therapy (ޕްރައިމް ވީ.އާރު ތެރަޕީ) މޮޑިއުލްއިން ފަށައި އެއަށްފަހު Booster VR Therapy (ބޫސްޓަރ ވީ.އާރު ތެރަޕީ) ދާއިމީގޮތުން ބަދަލުގެނައުމަށް ބޭނުންކުރެވޭނެއެވެ. Booster VR Therapy (ބޫސްޓަރ ވީ.އާރު ތެރަޕީ) އަކީ ރިލެޕްސްވާނަމަ ނުވަތަ ދުރުވާންއުޅޭ ކަމަކަށް އަނބުރާދެވޭނަމަ އެކަން މަދުކުރުމަށް ފައިދާވާނެ ތެރަޕީއެވެ. ކޮންމެ މީހަކަށްވެސް އެމީހަކަށް ހާއްސަ ފަރުވާދޭ ޕްލޭނެއް ބޭނުންވާނެއެވެ.
އަޅުގަނޑުމެންގެ ޓެސްޓު ތަކުން ދައްކާގޮތުގައި PUREMIND® VR Therapy (ޕިއޯރމައިންޑް ވީ.އާރު ތެރަޕީ) ފުރަތަމަ ފަހަރަށް ބޭނުންކޮށްގެން ގާތްގަނޑަކަށް %82 ކާމިޔާބީއެއް ދައްކައެވެ.
އެމީހެއްގެ ހާލަތާއި ފަރުވާންދޭން އުޅޭ މައްސަލައަށް ބިނާކޮށް ވަކި ވަކި މީހުންނަށް ދިމާވާ ނަތީޖާ ތަފާތުވުން އެކަށީގެންވެއެވެ.
ތިޔަފަރާތުގެ ޙާލަތަށް، ބަލައި މިޚިދުމަތް ބޭނުންކުރާނެ އެންމެ ރަނގަޅުގޮތަކާ ގުޅޭގޮތުން PUREMIND® practitioner (ޕިއޯރމައިންޑް) ޚިދުމަތްތެރިޔާ ނަސޭހަތްތެރިވާނެއެވެ.
PUREMIND® VR Therapy (ޕިއޯރމައިންޑް ވީ.އާރު ތެރަޕީ) ފޯރުކޮށްދޭނީ ތަމްރީނު ލިބިގައިވާ ޚިދުމަތްތެރިއެކެވެ. ޓެކްނޮލޮޖީގެ ޒަރީއްޔާއިން ދެވޭ ފަރުވާ ދެވޭނީ ވީ.އާރު ހެޑްސެޓެއް މެދުވެރިކޮށެވެ.
އާންމުކޮށް ފަރުވާގައި ހިމެނޭ ކަންކަމަކީ:
- ‘ޕްރީ-ސެޝަން’ ނުވަތަ ސެޝަންގެ ކުރިން ގެންދާ ހަރަކާތްތަކުގެ ތެރޭގައި ސުވާލުކުރުމާއި ޕޭޝަންޓު ހަމަހިމޭންކޮށްދިނުން
- ސެޝަނަށް ތައްޔާރުކުރުން: ޕޭޝަންޓަށް ފަސޭހަގޮތަކަށް ލެނގިލައިގެން އިށީނދެގެން އިނުން. ވީ.އާރު ހެޑްސެޓާއި ޕްރޮގްރާމް ތައްޔާރުކުރުން
- ސެޝަން ކުރިއަށް ގެންދިއުން
- ‘ޕޯސްޓް-ސެޝަން’ ނުވަތަ ސެޝަން ނިންމާލުމަށްފަހު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ލިބުނު ފައިދާތައް ކަށަވަރުކުރުމާއި ކުރިއަށްހުރި ސެޝަންތައް ހަމަޖެއްސުން
އަޅުގަނޑުމެންގެ ކްލައިންޓުންގެ ތެރޭގައި އަމިއްލަ ގޮތުން ސިއްހީ ޚިދުމަތްތައްދޭ ފަރާތްތަކާއި ބޮޑެތި ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިމެނެއެވެ.
އަޅުގަނޑުމެންގެ ކްލައިންޓުން މެދުވެރިކޮށް PUREMIND® (ޕިއޯރމައިންޑް) ގެ ޚިދުމަތްތައް ފުޅާގޮތެއްގައި އާންމުންނަށް ފޯރުކޮށްދެމެވެ.
ތިޔަ ފަރާތުން ނުވަތަ ސިއްހީ މަރުކަޒަކުން ފޯރުކޮށްދޭން އެކަށީގެންވަ ޚިދުމަތަކާމެދު މަޝްވަރާކޮށްލުމަށްޓަކައި އަޅުގަނޑުމެންގެ ވެބްސައިޓްގައިވާ PUREMIND® Agent(s) (ޕިއޯރމައިންޑް) އެޖެންޓުންނަށް ގުޅާލައްވާށެވެ. މި ޚިދުމަތްތައް ބޭނުންކުރުމުން ޕޭޝަންޓުންނަށްލިބޭ ފައިދާތަކާއި PUREMIND® VR Therapy products. (ޕިއޯރމައިންޑް) ވީ.އާރު ތެރަޕީގެ ޚިދުމަތްހޯދޭނެ ހޯދޭނެގޮތުގެ މައުލޫމަތު އަޅުގަނޑުމެންގެ އެޖެންޓުން ފޯރުކޮށްދޭނެއެވެ.
އަޅުގަނޑުމެންގެ ވެބްސައިޓުގައި ހިމަނާފައިވާނުވާ އޭޖެންޓުންނާއި އަދި އަޅުގަނޑުމެން ނުހިމަނާ އެހެނިހެން ވެބްސައިޓްތަކަކީ އަޅުގަނޑުމެންނާ ގުޅޭ ބައެއްނޫންކަން ހަނދުމައަރުވަމެވެ.
ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އަޅުގަނޑުމެންގެ VR Therapy (ވީ.އާރު ތެރަޕީ) ބޭނުންކޮށްގެން ބައެއްކަހަލަ މައްސަލަތަކުގައި ބޭސް ބޭނުންކުރުން ހުއްޓާލުމަށް މަގުފަހިކޮށްދޭކަމުގައި ވީނަމަވެސް ސިއްހީ ޑޮކްޓަރެއް ނުވަތަ ކަމުގެ މާހިރެއްގެ ލަފައާ ނުލައި ބޭސް ހުއްޓާނުލުމަށް އަޅުގަނޑުމެން އިލްތިމާޒް ކުރަމެވެ.
އާއެކެވެ.
Puremind (marketed as PUREMIND®) (ޕއޯރމައިންޑް) އަކީ Hipsol Pty Ltd (ހިޕްސޯލް ޕްރައިވެޓް ލިމިޓެޑް) ގެ ދަށުން އުފެދިފައިވާ ކުންފުންނެކެވެ.
އަޅުގަނޑުމެންނަކީ އޮސްޓްރޭލިއާގެ މެލްބަރންގައި ރެޖިސްޓަރ ކުރެވިފައިވާ އޮސްޓްރޭލިއާގެ ކުންފުންޏެކެވެ.
PUREMIND® (ޕިއޯރމައިންޑް) އިން ހުއްދަދީފައިވާ އަޅުގަނޑުމެންގެ އެޖެންޓުން ވަރަށް ބައިވަރު ގައުމުތަކުގައި ހުންނާނެއެވެ.
އަޅުގަނޑުމެންގެ ކުންފުނި ރެގިއުލޭޓްކޮށްފައިވަނީ Australian Securities and Investments Commission (ASIC).
Our ASIC Australian Business Registration Number (ABN) is 64 161 152 334 and our Company Registration Number (ACN) is 161 152 334.
އަޅުގަނޑުމެންގެ ކުންފުނީގެ މައި އިދާރާ ހުންނާނީ
470 St Kilda Road, Melbourne, Victoria 3004, Australia.
އިތުރު މައުލޫމާތު ހޯދެއްވުމަށް https://asic.gov.au/ ޒިޔާރަތްކޮށްލައްވާށެވެ.
އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތްތަކާ ގުޅޭ ކްލައިންޓުންގެ ތެރޭގައި 5-ތަރީ އާއި 4-ތަރީގެ ހޮޓެލްތަކާއި ފެންވަރު ރަނގަޅު ހޮޓެލްތައް ހިމެނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތްތަކާ ގުޅުންހުރި މުއައްސާތަކުން އަޅުގަނޑުމެންގެ ވެބްސައިޓުގައިވާ PUREMIND® Agent(s) (ޕިއޯރމައިންޑް) އެޖެންޓުންނާ ގުޅާލައްވައި ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާކޮށްލައްވާށެވެ. އަޅުގަނޑުމެންގެ އެޖެންޓުން PUREMIND Serenity™ (ޕއޯރމައިންޑް ސެރެނިޓީ) ފޯރުކޮށްދިނުމާގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
އަޅުގަނޑުމެންގެ ވެބްސައިޓުގައި ހިމަނާފައިވާނުވާ އޭޖެންޓުންނާއި އަދި އަޅުގަނޑުމެން ބަޔާންނުކުރާ އެހެނިހެން ވެބްސައިޓްތަކަކީ އަޅުގަނޑުމެންނާ ގުޅޭ ބައެއްނޫންކަން ހަނދުމައަރުވަމެވެ.
ފަތުރުވެރިކަމާގުޅޭ ސިނާއަތްތަކަށް ވީ.އާރު ޓެކްނޮލޮޖީ ބޭނުންކުރުމުގެ ގިނަގުނަ ފައިދާތައް ލިބިދޭ ކަމަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ޓީމަށް (ޚިދުމަތްތައް އުފައްދާ ޓީމަށް) މައުލޫމާތު ލިބިފައިވެއެވެ.
މިވިސްނުމާއެކު PUREMIND Serenity™ (ޕިއޯރމައިންޑް ސެރެނިޓީ) މޮޑިއުލް އަޅުގަނޑުމެން އުފައްދާފައިވަނީ ހާއްސަކޮށް ހޮޓެލްތަކުގެ ގެސްޓުންނާއި މެހެމާނުންނަށް އަމާޒުކޮށްގެންނެވެ.
PUREMIND Serenity™ (ޕިއޯރމައިންޑް ސެރެނިޓީ) ބޭނުންކުރުމުގައި ސުޕަވިޝަން ނުވަތަ ޚިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ބޭނުންކުރާކަށް ނުޖެހޭނެއެވެ.
މިޚިދުމަތަކީ ހޮޓެލްތަކުގެ ކޮޓަރީގައި ނުވަތަ ސްޕާގައި ފަތުރުވެރިން ހިތްހަމަޖައްސައި އަރާމުކޮށްލާއިރު ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ހޮޓަލެއްގައި ހޯއްދަވާނަމަ ކުރައްވާނަމަ، PUREMIND Serenity™ (ޕިއޯރމައިންޑް ސެރެނިޓީ) ހޮޓަލުން ފޯރުކޮށްދޭތޯ ބައްލަވާލާށެވެ!
ވީ.އާރު ތެރަޕީއިން ނުކުންނަ ނޭދެވޭ އަސަރުތައް އާންމުކޮށް ވަރަށް މަދުވާނެއެވެ. އަޅުގަނޑުމެންގެ ޓެސްޓުތަކުން ދެއްކިގޮތުގައި ސެޝަންތަކުގައި ބައިވެރި %100 ބައިވެރިންނަށް ހިތްފަސޭހަ ތަޖުރިބާތަކެއް ލިބުނެވެ.
އަޅުގަނޑުމެންގެ ޓެސްޓުތަކުން ނުދެއްކިޔަސް ހިޕްނޯތެރަޕީގެ ސަބަބުން އެހާ އާންމު ނޫނަސް ދިމާވާ ނޭދެވޭ ބައެއް އަސަރުތަކުގެ ތެރޭގައި މޭނުބައިކުރުން، ބޯއެނބުރުން، ނިދިއައުން، ބޮލުގަރިއްސުން، މަސްތަކަށް ބާރުވެ ވާންވުން، އާދަޔާ ޚިލާފަށް ހާސްވުން އަދި ކޮންމެވެސް ވަރަކަށް އެންޒައިޓީ އިހުސާސްވުން ހިމެނެއެވެ.
މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ، ފަންނީ ތެރަޕިސްޓަކަށް ހަދާނެ ގޮތް އެނގޭނެއެވެ.
ކްލައިންޓުންނަށް ދިމާވެދާނެ އެންމެ ބޮޑު މައްސަލައަކީ ހަމަޖެހުމަށް ދަތިވުމެވެ.
ކްލައިންޓުންނަށް ހަމަޖެހެން އުނދަގޫވާނަމަ، ޚިދުމަތުގެ ފަރުވާ ފޯރުކޮށްދިނުމުގެ ކުރިން ކްލައިންޓް ހަމަޖައްސާލުމަށް ތެރަޕިސްޓަށް މަސައްކަތްކުރެވޭނެއެވެ.
އަޅުގަނޑުމެން މިމަސައްކަތް ކުރަމުންދަނީ އައު ޚިދުމަތްތައް ތައާރަފުކޮށް މިހާރު ހުރި ޚިދުމަތްތައް ފުޅާކުރުމަށެވެ. އަޅުގަނޑުމެންގެ ވަކި ހާއްސަ މޮޑިއުލަކަށް އަޅުގަނޑުމެން ވިސްނާލަންޖެހޭ ހިޔާލެއްދޭންބޭނުންވާނަމަ ނުވަތަ PUREMIND® (ޕިއޯރމައިންޑް) ގެ ޚިދުމަތްތަކުގެ ތަޖުރިބާ އިތުރަށް ހަރުދަނާކުރަން ހިޔާލެއްވާނަމަ، އަޅުގަނޑުމެންނަށް އީމެއިލް feedback@puremind.com.au ކުރެއްވުން އެދެމެވެ. ތިޔަބޭފުޅުން ދެއްވާ ހިޔާލުތަކަކީ އަޅުގަނޑުމެންނަށް އަގުހުރި ހިޔާލުތަކެކެވެ!