ގުޅުއްވުމަށް
menu-icon

ބަރުދަން މެނޭޖުކުރުން

ގިނަ ފަހަރަށް މީހުން މަސައްކަތް ކުރަނީ ކުރު މުއްދަތުގެ ޑައިޓިން އާއި ކަސްރަތުން އެމީހުންގެ ބަރުދަނުގެ މައްސަލަތައް ހައްލުކުރުމަށެވެ. މިކަމުގެ ސަބަބުން އެ މީހުންގެ ސިއްހަތަށް ނުރަނގަޅު ކެއުމާއި ކަސްރަތު ކުރުމުގެ އާދަތައް އުފެދޭ ފަދަ ނަފްސާނީ މައްސަލަތަކަށް ހުށަހެޅެ އެވެ. އަޅުގަނޑުމެންގެ PUREMIND® ވެއިޓް މެނޭޖްމަންޓް މޮޑިއުލް އަކީ ނުރަނގަޅު ކަންކަން އިޚްތިޔާރުކުރުމަށް މަގުފަހިވާ ސަބަބުތަކަށް އަމާޒުކޮށް، އަމިއްލަ ނަފްސަށް ދާއިމީ އަދި ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަށް އެހީތެރިވެދޭ މޮޑިއުލްއެކެވެ.

އަމިއްލަ ނަފްސާމެދު ހިތްހަމަޖެހެވެނިވި އިހުސާސްތައް ކުރުން

ބަރުދަން ބެލެހެއްޓުން ފެށެނީ ވިސްނުމުން

އަޅުގަނޑުމެންގެ PUREMIND® ގޭމް ޗޭންޖިންގ ވެއިޓް މެނޭޖްމަންޓް މޮޑިއުލް ތަޢާރަފްކުރަން

ބަރުދަން ބެލެހެއްޓުން ފެށެނީ ވިސްނުމުން އަޅުގަނޑުމެންގެ PUREMIND® ގޭމް ޗޭންޖިންގ ވެއިޓް މެނޭޖްމަންޓް މޮޑިއުލް ތަޢާރަފްކުރަން މި މޮޑިއުލްގެ ސަބަބުން “ހުރިހާ ކަމެއް ޓްރައި” ކޮށްފައިވާ މީހުންނަށް ކެއުމުގެ އާދަތަކާއި ކަސްރަތު އިޚްތިޔާރުކުރުމުގެ މައިގަނޑު ސަބަބުތައް ދެނެގަނެވޭނެ އެވެ. ކްލައިންޓުންނަށް އެމީހުންގެ ކުރީގެ ކަންކަން ބަލައި، އެކަމުން ފިލާވަޅުތައް ދަސްކުރުމަށް އެހީތެރިވެދީ، އާ، ސިއްހަތަށް ފައިދާހުރި ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި އިޚްތިޔާރުކުރުމުގެ ބިންގާ މި މޮޑިއުލް އިން އެޅިގެންދެއެވެ. ކުރީގެ އާދަތައް ދޫކޮށް، ދުޅަހެޔޮސިއްހަތަކަށް ދާއިމީ ގޮތެއްގައި ސަމާލުކަން ދިނުމާއި، ދުޅަހެޔޮ ކެއުމުގެ އާދަތައް ގެންގުޅުމާއި، ކަސްރަތުކުރުމާއި، ނިދި ރަނގަޅުކުރުމާއި، ހަށިގަނޑުގެ ތަސައްވުރާއި އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ރަނގަޅުކޮށް، އާންމުގޮތެއްގައި އަމިއްލަ ނަފްސަށް ރަނގަޅަށް އަޅާލުމަށް ހިތްވަރު ދެއެވެ. އަމިއްލަ ނަފްސާއި ސިއްހަތާ މެދު ހޯލިސްޓިކް ވިސްނުމެއްގައި، ހަމައެކަނި އެމީހަކަށް އެންމެ ރަނގަޅު ބަރުދަން ހާސިލްކުރަން ބޭނުންވާ ކްލައިންޓުން ހިމެނޭ ގޮތަށް މި މޮޑިއުލްގެ ފައިދާ ކޮންމެ މީހަކަށް ވެސް ލިބޭނެ އެވެ.