ގުޅުއްވުމަށް
menu-icon

އަމިއްލަ ނަފްސަށް ގެއްލުންދިނުން

އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ އެއްފަހަރު ނުވަތަ ދެކޮޅު ހަދަން އުނދަގޫ ދާއިމީ އާދައަކަށް ވެދާނެއެވެ. އެހީ ހޯދުމަކީ ފަސޭހަ ކަމެއްނޫނެވެ. އަމިއްލަ ނަފްސަށް ގެއްލުންދޭ ކްލައިންޓުންނަށް އެމީހުންގެ މައްސަލައާއި އެއީ ސިއްހަތަށް ނުރަނގަޅު އަދި ނުރައްކާތެރި ކަމެއްކަން ދެނެގަތުމަށް އަޅުގަނޑުމެންގެ PUREMIND® ސެލްފް ހާމް (ނަފްސަށް ގެއްލުންދިނުން) މޮޑިއުލް އެހީވެދެއެވެ. އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން ޖެހުމުގެ ފަހަތުގައި ވާ ނަފްސާނީ ވޭނާއި އެންޒައިޓީ ނުވަތަ ހިތްދަތިކަން ބަލައިގަންނަން ދަސްކޮށްދީ، މި މައިގަނޑު މައްސަލަތައް މެނޭޖްކޮށް ކޮންޓްރޯލް ކުރާނެ ގޮތްތައް މި މޮޑިއުލްގައި ދަސްކޮށްދެއެވެ.

އަމިއްލަ ނަފްސަށް ގެއްލުންދިނުން: އެހީއެދި ގޮވާލުން

އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް

އަޅުގަނޑުމެންގެ PUREMIND® ސެލްފް ހާމް (ނަފްސަށް ގެއްލުންދިނުން) މޮޑިއުލް

އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ އެތައް ގޮތްގޮތަށް ހިނގާކަމެއް ނަމަވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ އަމިއްލަ ނަފްސަށް ނޭނގި ގެއްލުމެއް ދިނުން ނުވަތަ ޒަހަމްކުރުމެވެ. އޭގެ ތެރޭގައި ހަށިގަނޑުގައި ކެނޑުން, ޒަހަމްކުރުން، ވަޅިހެރުން، ފިއްސުން، ތޮރުފުން، ދަތްއެޅުން އަދި މާގިނައިން ހަންގަނޑު ގޭނުން ހިމެނެއެވެ. އޭގެ ތެރޭގައި ތަފާތު ވަސީލަތްތައް ބޭނުން ކޮށްގެން ކެނޑުން، ފާރުގައި ބޮލުން ތެޅުން ނުވަތަ ވިހަ އެއްޗެއް ކެއުން ނުވަތަ ޕްރިސްކްރިޕްޝަން ޑްރަގްސް ބޭނުންކޮށްގެން ގަސްދުގައި އޯވަޑޯޒްވުން ފަދަ ނުރައްކާތެރި އެހެން ކަންކަމުގައި ބައިވެރިވުން ހިމެނެއެވެ. އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ އާންމުގޮތެއްގައި ހައްލު ނުކުރެވޭ ނަފްސާނީ ވޭނާއި ކުރިމަތިލާން އުނދަގޫވާ މީހުން ޖިސްމާނީގޮތުން ކުރާ ކަމެކެވެ. ގިނަ ފަހަރަށް ބޮޑަށް ތަދު އިހުސާސްކުރަން ބޭނުންވުމުގެ އިތުރުން ބައެއް ފަހަރު އަމިއްލައަށް މަރުވުމުގެ ވިސްނުން ވެސް އުފެދެއެވެ. އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ PUREMIND® ސެލްފް ހާމް (ނަފްސަށް ގެއްލުންދިނުން) މޮޑިއުލް ނަފްސާނީ މައްސަލަ މެދުވެރިވާ މައިގަނޑު ސަބަބުތައް ހޯދަން އެހީތެރިވެދެއެވެ. މިކަމުން އަންގައިދެނީ އެމީހުންގެ ވިސްނުމަކީ ކޮންމެ ކަމަކުންވެސް އަރައިގަތުމަށް ބާރު ފޯރުވައިދޭ އެއްޗެއްކަމެވެ. ހިތްވަރާއި، ވިޝުއަލައިޒޭޝަން އަދި ރިފްލެކްޝަނާއެކު، ނަފްސާނީ ގޮތުން ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމަށް މި މޮޑިއުލް އެހީތެރިވެއެވެ. މޮޑިއުލް ފުރިހަމަވެގެންދާއިރު އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން ޖެހޭ ކަމުގެ އިހުސާސް ކުޑަވެގެންދެއެވެ.