ގުޅުއްވުމަށް
menu-icon

ރުޅި މެނޭޖްކުރުން

ރުޅިއަކީ ދިރިއުޅުން ހަލާކުކޮށްލާފަދަ އިހުސާސެކެވެ. އަދި އުފާތަކުން މަހުރޫމުކޮށްލާފަދަ ދާއިމީ މައްސަލައަކަށް ވެސް ވެގެންދެއެވެ. އަޅުގަނޑުމެންގެ PUREMIND® އެންގަރ (ރުޅި) މެނޭޖްމަންޓް މޮޑިއުލް ދަސްކޮށްދެނީ ރުޅިއަކީ ނޭދެވޭ އާދައެއްކަމެވެ. ދާއިމީގޮތެއްގައި ދެމިގެންދާ ރުޅިއާއި މެދު ފުންކޮށް ވިސްނާ ކޮންޓްރޯލް ކުރުމަށް ނަފްސާނީ މައްސަލަތައް ދެނެގަތުމުގެ މުހިއްމުކަން ދަސްވެގެންދެއެވެ.

ރުޅި ދޫކޮށްލުން

ރުޅީގެ އަޑީގައިވާ ވޭންތަކަށް ހައްލެއްގެނައުމަށް މަސައްކަތްކުރުން

އަޅުގަނޑުމެންގެ PUREMIND® އެންގަރ (ރުޅި) މެނޭޖްމަންޓް މޮޑިއުލް

އަހަރެމެން އެންމެންނަކީވެސް އެކި ފަހަރު މަތިން ރުޅި އިހުސާސް ކުރާ މީހުންނެވެ. ނަމަވެސް ރުޅި ދިގުދެމި ކޮންޓްރޯލްއިން ނައްޓާލައިގެން ހިނގައްޖެނަމަ އެކަމުގެ ސަބަބުން އުފާވެރިކަން ގެއްލި ދިރިއުޅުން ހަލާކުވެގެންދެއެވެ. ރުޅިއަކީ ނޭދެވޭ އާދައެއްކަން ދެނެގަނެ ބަލައިގަތުމަކީ މިކަމުން އަރައިގަތުމުގެ ފުރަތަމަ މަރުހަލާއެވެ. ރުޅިއަންނަން މެދުވެރިވާ ކަންތައް ދެނެގަނެ އެކަންތަކުން އަރަގަންނަން ދަސްކުރުމަކީ ދެމެހެއްޓެނިވި ބަދަލެއްގެނައުމަށް ކަޑަތު ކުރަންޖެހޭ ފަހު މަރުހަލާއެވެ. އަޅުގަނޑުމެންގެ PUREMIND® އެންގަރ (ރުޅި) މެނޭޖްމަންޓް މޮޑިއުލް މެދުވެރިކޮށް މާޒީގައި ހިނގާފައިވާ ކަންތައްތަކާމެދު އައު ނަޒަރަކުން ބަލައި ރުޅިވެރިކަން އަފައްދާ ކަންތައްތައް ދެނެގަތުމަށް އެހީތެރިވެދެއެވެ. ފާއިތުވެގޮސްފައިވާ ދުވަސްތަކުން ލިބިދޭ ފިލާވަޅުތައް މެދުވެރިކޮށް ރުޅި މެނޭޖުކުރަން ކްލައިންޓުންނަށް ދަސްވެގެންދެއެވެ. ރުޅީގެ ހަޤީޤަތް ދެނެގަނެވުމުން އެކަމުގެ ސަބަބުން ކްލައިންޓުންގެ ނުރަނގަޅު އާދަތައް އެނގި އެހެންމީހުންނަށް ކުރާ އަސަރު އެނގިގެންދެއެވެ. މީގެ ސަބަބުން މި ކަންތައްތައް ދޫކޮށް ޝިފާ ލިބުމަށް މަގުފަހިވެގެންދެއެވެ. މޮޑިއުލް ފުރިހަމަކުރާ ކްލައިންޓުންނަށް ހިތްހަމަޖެހުން ލިބި މުސްތަޤްބަލުގައި ރުޅި މެނޭޖުކުރުމުގެ ޤާބިލްކަން ލިބިގެންދެއެވެ.