ގުޅުއްވުމަށް
menu-icon

އެންޒައިޓީ

އަޅުގަނޑުމެން ދިރިއުޅެމުންދަނީ ހާސްކަންބޮޑު ޒަމާނެއްގައެވެ. 'ކްރޮނިކް' ދިގުމުއްދަތައް ދެމިގެންދާ އެންޒައިޓީއަކީ ނަފްސާނީ ބަލިތަކުގެ ތެރެއިން އާންމު އެއް ބައްޔެވެ. އަޅުގަނޑުމެންގެ PUREMIND® Anxiety (ޕިއޯރމައިންޑް އެންޒައިޓީ) މޮޑިއުލްގެ ދަށުން ކްރޮނިކް އެންޒައިޓީއާއި އެއާއެއްކޮށް ދިމާވާ 'ޕެނިކް އެޓޭކްސް' ނުވަތަ އާދަޔާ ހިލާފަށް ހާސްވުން ފަދަ ކަންކަމަށް ލުއެއް ލިބެއެވެ. މިމޮޑިއުލްއިން އެންޒައިޓީގެ އަޑީގައިވާ ކަންކަމަށް އަމާޒުކުރެވިގެން އިހުސާސުވާ ބިރަކީ އަސާސެއް ނެތް ކަމެއްކަމާއި މާނައެއްނެތް އިންޒާރުތަކެއް ތިމާއަށްދޭ ކަމެއްކަން މީހުންނަށް ވިސްނައިދެއެވެ. މޮޑިއުލް ބޭނުންކުރުމަށްފަހު މީހުންނަށް ހިތްހަމަޖެހުމާއި ތާޒާކަމާއި ބާރުވެރިކަން އިހުސާސުކުރެވެއެވެ.

ކްރޮނިކް އެންޒައިޓީ މެދުވެރިވަނީ ގާތްކޮށް އޮތް ނުރައްކަލެއްގެ ބަދަލުގައި ކުރިމަތިވެދާނެ ބިރެއް ނުވަތަ އިންޒާރަކާމެދު ވިސްނޭތީއެވެ.

ކްރޮނިކް އެންޒައިޓީ: ބިރުގަތުމަކީ ހަމައެކަނި އޮތް ބިރުކަމުގައިވުން

ކްރޮނިކް އެންޒައިޓީގެ އަސްލައް ދިއުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުން ބަދަލުކުރަނިވި PUREMIND® Anxiety (ޕިއޯރމައިންޑް އެންޒައިޓީ) މޮޑިއުލް

އެންޒައިޓީއަކީ ދިރިއުޅުމުގެ ގުދުރަތީ ކަމެއް ނަމަވެސް، އެކަމަކީ އަބަދު ތަހައްމަލުކުރާކަމެއްނަމަ ކްރޮނިކް ހާލަތަކަށް ގޮސް އެކަމުން އަރައިގަންނަން އުދަނގޫވެއެވެ. ކްރޮނިކް އެންޒައިޓީ ތަހައްމަލުކުރާ މީހުން މާޒީގައި ތަހައްމަލުކޮށްފައިވާ ޕެނިކް އެޓޭކްސް ނުވަތަ އާދަޔާ ހިލާފަށް ހާސްވުމަށް މެދުވެރިވާންދިމާވި ހާދިސާތަކާއި، ހާލަތްތަކާއި މާހައުލުތަކަށް ބިރުގަނެއެވެ. އެމީހުންނަށް މިފަދަ ބިރަކީ މާނައެއްނެތް ބިރެއްކަން ގިނަ، ފަހަރު އެނގޭ ނަމަވެސް އެކަން ކޮންޓްރޯލް ކުރުމުގެ ގާބިލިއްޔަތު ނުހުންނަންހެން ހީވެގެންދެއެވެ. އަޅުގަނޑުމެންގެ PUREMIND® Anxiety (ޕިއޯރމައިންޑް އެންޒައިޓީ) މޮޑިއުލްއިން މީހުންނަށް އެންޒައިޓީވާން މެދުވެރިވާ ‘ޓްރިގަރސް’ ނުވަތަ ކަންކަން ދެނެގަނެވި، ކުރިން ދިމާވެފައިވާ ހާދިސާތަކަކީ އެހެން ހަނދާންތަކެކޭ އެއްފަދައިން އަމިއްލައަށް ‘މެނޭޖް’ ނުވަތަ ހަމައަކަށް ގެނެވެނެ ހަނދާންތަކެއްކަން ދޭހަވުމަށް އެހީތެރިވެއެވެ. މިމޮޑިއުލްއިން ހަމަޖެހޭނެ ގޮތްތަކާއި އެންޒައިޓީތައް ދޫކޮށްލުމަށާ އަދި ކުރީގައި ޕެނިކް އެޓޭކްތައް މެދުވެރިވާން ދިމާވި ‘ޓްރިގަރސް’ ނުވަތަ ކަންތައްތަކަށް ސަމާލުކަންނުދީ ކުރިއަށްދާން ދަސްކޮށްދެއެވެ. ކްލައިންޓުންނަށް އެމީހުންގެ ކްރޮނިކް އެންޒައިޓީ ދޫކޮށްލުމަށް ބާރުވެރިވެ އަމިއްލަ ނަފްސާމެދު ޔަޤީންކަމާއި އުފާވެރިކަމާއެކު މުސްތަގްބަލާމެދު ދެކެއެވެ.