ގުޅުއްވުމަށް
menu-icon

މާޔޫސްކަމުގެ ބަލި

އަޅުގަނޑުމެންގެ މައިލްޑް ޑިޕްރެޝަނަކީ މީހާ ބަލިކަށިކޮށްލާ، ދިރިއުޅުމުން ލިބޭ އުފާވެރިކަން ފޭރިގަނެ، ނިކަމެތިކަމުގެ އިހުސާސްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ. PUREMIND® ޑިޕްރެޝަން (މާޔޫސްކަމުގެ ބަލި) މޮޑިއުލްގެ އެހީގައި މައިލްޑް ޑިޕްރެޝަނަކީވެސް އާދައެއްކަމާއި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމުން ވިސްނުން ބަދަލުކުރެވިދާނެކަން ދަސްވެގެންދެއެވެ. މި މޮޑިއުލްގައި ބޭނުންކުރެވޭ ސައިކޮތެރެޕީއާއި ވީ.އާރުގެ ބާރު ބޭނުންކޮށްގެން ސަބަބުން މައިލްޑް ޑިޕްރެޝަން ތަހައްމަލުކުރަމުންދާ މީހުންނަށް ރަނގަޅު ދިރިއުޅުމަކަށް މަގުފަހިވެގެންދާނެއެވެ.

މާޔޫސްކަމުގެ ބައްޔަކީ ނަފްސާނީ އާދައެއް ނަމަވެސް އެހެން އާދަތަކެކޭ އެއްފަދައިން މިކަން ބަދަލުކުރެވޭނެއެވެ.

މާޔޫސްކަމުގެ ބަލިން އަރައިގަތުން

އަޅުގަނޑުމެންގެ PUREMIND® ޑިޕްރެޝަން (މާޔޫސްކަމުގެ ބަލީ) މެނޭޖްމަންޓް މޮޑިއުލް

މައިލްޑް ޑިޕްރެޝަންގެ ބައެއް އަލާމާތްތައް، ހިތާމަކުރުމާއި މާޔޫސްކަން ފަދަ ކަންތައް ތަހައްމަލުކުރާ ކޮންމެ މީހަކަށްވެސް މި މޮޑިއުލް ބޭނުންކުރެވޭނެއެވެ. އަހަރުމެން އެންމެންނަކީވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މާޔޫސްކަމާއި ކުރިމަތިލާންޖެހޭ ބައެކެވެ. ނަމަވެސް މި އިހުސާސްތައް އާދައަކަށް ވެއްޖެނަމަ އެކަމާ ދެކޮޅު ހެދަން އުނދަގޫވެ ނޭދެވޭ ނިއުރަލް ޕާތުވޭތަކެއް (ނޭދެވޭ މެސެޖްތަކެއް) އުފެދެންފަށައެވެ. މައިލްޑް ޑިޕްރެޝަނާއި އެކު ހުށައެޅޭ ކުލައިންޓުންނަށް ކެތްތެރިކަމާއި ހަކަތައާއި އެކު ނޭދެވޭ ވިނސްނުންތަކުން ދުރުވެ، ނިކަމެތިކަމުގެ އިހުސާސްތައް ބާރުވެރިކަމަށް ބަދަލުކޮށް، ވޭތުވެ ދިޔަ ދުވަސްތަކުގައި ހިނގާފައިވާ ކަންތައް ހަނދާން ނައްތައިލަން ދަސްވެގެންދެއެވެ. ނަފްސަށް އަދަބުދިނުމުން ދުރުވެ ނަފްސުދެކެ ލޯބިވެވޭނީ ކުރީގައި ދިމާވެފައިވާ ކަންތައްތަކަކީ ބަދަލުކުރެވޭނެ ކަންތައްތަކަށް ނުވިނަމަވެސް އޭގެ ސަބަބުން މުސްތަގްބަލަށް ކުރާ އަސަރު ބަދަލުކުރެވިދާނެކަން ދެނެގަނެވިގެންނެވެ. އަމިއްލަ ނަފްސުގެ ބާރު ބޭނުންކޮށްގެން ދާއިމީ ބަދަލަކާއި އެކު ދުޅަހެޔޮ އުފާވެރި މުސްތަގުބަލެއް ބިނާކުރެވިގެންދާނެއެވެ. ޓު: މި މޮޑިއުލަކީ ކްލިނިކަލީ ޑިޕްރެޝަންގެ ސަބަބުން އަންނަ ކެމިކަލް އިމްބެލެންސްތަކަށް ފަރުވާހޯދަމުންދާ ކްލައިންޓުން ބޭނުންކުރަން އެކަށީގެންވާ މޮޑިއުލެއް ނޫނެވެ.