ގުޅުއްވުމަށް
menu-icon

ގެވެށި އަނިޔާ – އަނިޔާކުރާ ފަރާތް

ގެވެށި އަނިޔާއަކީ ޝިކާރަވެރިންނާއި އަނިޔާކުރާ ފަރާތުގެ ރޫހު ގެއްލުވާލާ އަމަލެކެވެ. ގިނަފަހަރު އެކަމުގެ އަޑީގައި ވަރަށް ބައިވަރު މައްސަލަތައް އެކި އަހަރު މަތިން އިތުރުވަމުން އައިސް ނަފްސާނީ މައްސަލައެއްގެ އަލާމާތެއްގެ ގޮތުގައި ފެނިގެންދެއެވެ. އަޅުގަނޑުމެންގެ PUREMIND® Domestic Violence - Perpetrator (ޕިއޯރމައިންޑް ގެވެށި އަނިޔާ - ޕަރޕަޓްރޭޓަރ) މޮޑިއުލް މެދުވެރިކޮށް އަނިޔާއަކީ ހައްލެއްނޫންކަން ބަލައިގަތުމަށް އެހީތެރިވެދެއެވެ. އަދި މީހާއަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތައް އެނގެން ދަސްކޮށްދީ ދިރިއުޅުމުގައި ލޯބިވާ ފަރާތްތަކާއެކު ރަނގަޅު ދިރިއުޅުމެއްގައި އުޅުމަށް ހިތްވަރުދެއެވެ.

އަނިޔާއަކީ ދުވަހަކުވެސް ހައްލެއްނޫން

އަނިޔާއަކީ ދުވަހަކުވެސް ހައްލެއްނޫންކަން ދަސްވުން

PUREMIND® Domestic Violence – Perpetrator ޕިއޯރމައިންޑް ގެވެށި އަނިޔާ – ޕަރޕަޓްރޭޓަރ މޮޑިއުލް

ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާގޮތުގައި ގެވެށި އަނިޔާކުރާ މީހުންގެ ކިބައިގައި ކޮންމެސް ކަހަލަ ނަފްސާނީ ސިއްހަތާގުޅުންހުރި މައްސަލތައް ހުރެއެވެ. މިފަދަ ނަފްސާނީ މައްސަލަތައް ފެނިގެންދަނީ ރުޅި މެނޭޖްކުރަން އުނދަގޫވުމާއި، އެންޒައިޓީ، ޑެޕްރެޝަން، އަމިއްލައަށް މަރުވުމުގެ ވިސްނުންތަކާއި، ޕާރސަނަލަޓީ ޑިސްއޯޑަރސް، ރާބުއިން އަދި ޖުވާކުޅުމާގުޅޭ މައްސަލަތައްފަދަ ކަންކަމުގެ ސިފައިގައެވެ. އެހެންކަމުން މިމައްސަލަތަކުގެ އަޑީގައިވާ ކަންކަމަށް ވަށާޖެހޭ ގޮތަކަށް ފަރުވާދިނުމަށް މަސައްކަތްކުރެވެއެވެ. މިގޮތުން އެންމެ ފުރަތަމަކަމަކަށް އަޑީގައިވާ ކަންކަމަކީ މައްސަލައެއްކަމަށް ބަލައިގަތުމަށްފަހު ދެން މޮޑިއުލްގެ ބެނުންކުރަން ފެށުމެވެ. ސައިކޮތެރަޕީއާއި ވީ.އާރު އެއްކޮށްލައިގެން މި މޮޑިއުލްއިން ގެވެށި އަނިޔާއަކީ އަނިޔާ ލިބޭ މީހާ އަދި އަނިޔާކުރާ ފަރާތަށްވެސް ބޮޑެތި ގެއްލުންދޭ އަމަލުތަކެއްކަން ކްލައިންޓުންނަށް ދޭހަކޮށްދެއެވެ. އަމިއްލަ ގައިގާ ހުންނަ ނޭދެވޭ ވިސްނުންތަކާއި އުޅުންތަކާމެދު ކްލައިންޓުން ފުންކޮށްވިސްނައި އަނިޔާގެ އަމަލުތައް ހިންގުމަށް ހުންނަ ނޭދެވޭ އާދަތައް ފާހަގަކުރަން އެނގިގެންދެއެވެ. އެއަށްފަހު ކުރެވުނު އަމަލާމެދު އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ އިހުސާތަކާއި ކުރާ ހިތާމަތަކުން އަރައިގަނެ މާފުކުރުމާއި ފަސޭހަވުމަކީ އަމިއްލަ މީހާއަށް ލިބޭ އުފަލެއްކަން ބަލައިގަނެ، ލޯބިވާމީހުންނަށް ރަނގަޅު ދިރިއުޅުމެއް ބިނާކުރުމަށްޓަކައި މަސައްކަތްކުރުމަށް މިމޮޑިއުލްއިން އެހީތެރިވެއެވެ.