ގުޅުއްވުމަށް
menu-icon

ގެވެށި އަނިޔާ – އަނިޔާ ލިބޭ މީހާ

ގެވެށި އަނިޔާގެ ސަބަބުން އަނިޔާ ލިބޭ މީހާގެ ރައްކާތެރިކަމާއި ލިބޭ ލޯބިން މަހުރޫމްކުރެއެވެ. އަމިއްލަ ނަފްސަށް ނަފްރަތުކުރުމާއި ކުށްވެރިކުރުމާއި ޑިޕްރެޝަންގެ އަޑިގުޑަނަކަށް މީހާ ދުއްވާލައެވެ. އަޅުގަނޑުމެންގެ PUREMIND® Domestic Violence (ޕިއޯރމައިންޑް ގެވެށި އަނިޔާ) މޮޑިއުލްގެ މެދުވެރިކޮށް އަނިޔާ ލިބޭ މީހާއަށް ލިބިފައިވާ ގެއްލުމުން އަރައިގަންނަން ފަސޭހަވެ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ، ނޭދެވޭ ވިސްނުންތަކާއި އުޅުންތައް ދޫކޮށްލައި އަދި ލިބިދޭންޖެހޭ އުފާވެރިކަން ހޯދުމަށް މަސައްކަތްކޮށްދެވެއެވެ.

ލިބޭ ގެއްލުމުން މިނިވަންވުން

ގެވެށި އަނިޔާއަށްފަހު ސެލްފް-އެސްޓީމް ނުވަތަ އަމިއްލަ ނަފްސަށްކުރާ އިތުބާރު އަނބުރާ ހޯދުން

އަޅުގަނޑުމެންގެ PUREMIND® Domestic Violence Victim ޕިއޯރމައިންޑް ގެވެށި އަނިޔާ – އަނިޔާ ލިބޭ މީހާގެ މޮޑިއުލް

ގެވެށި އަނިޔާ ލިބޭ މީހާ ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި އަދި ވަރަށް ގިނައިން އަމިއްލަ ނަފްސު ކުށްވެރިކޮށް އަމިއްލަ ނަފްސުދެކެ ނަފްރަތު ކުރުމާއި އަމިއްލަ ނަފްސާދޭތެރޭ ވަރަށް ދަށްކޮށް ދެކެމުންނެވެ. ވަރަށް ގިނަ ޝިކާރަވެރިންނަކީ އަނިޔާކުރާ ފަރާތްދެކެ ލޮބިވަމުންދާ މީހުންނަށްވެފައި، އަނިޔާއަކީ އެއްވެސް މީހަކާދޭތެރޭ ހިންގާނެ އަމަލެއް ކަމަށް، އަދި ހާއްސަކޮށް ލޯބިވާ މީހެއްގެ ފަރާތުން ލިބޭނެ އަމަލެއްކަމަށް ގަބޫލެއް ނުކުރެވެއެވެ. އަޅުގަނޑުމެންގެ PUREMIND® Domestic Violence – Victim (ޕިއޯރމައިންޑް ގެވެށި އަނިޔާ – ވިކްޓިމް) މޮޑިއުލް މެދުވެރިކޮށް އަނިޔާލިބޭ މީހާއަށް ފަރުމާކޮށްފައިވާ މޮޑިއުލް މެދުވެރިކޮށް ގެވެށި އަނިޔާއިން ލިބޭ ގެއްލުންތައް އެނގި އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އަމިއްލަ ނަފްސާ ދޭތެރޭ ދެކޭގޮތަށް ކުރާ އަސަރުތަކާމެދު ޝިކާރަވެރިންނަށް އެނގެން މަގުފަހިވެއެވެ. ހަމައެއާއެކު މާޒީގެ ތެރެއިން ދިމާވެފައިވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރިކުރުމާއި އަމިއްލަ ނަފްސަށްކުރާ ނަފްރަތުތައް ދޫކޮށްލުމަށް އެހީތެރިވެދީ އަމިއްލައަށް އުފާވެރިކަމާއި ރަނގަޅު ސިއްހަތުގައި ދެމިހުރުމަކީ މީހާއަށް ލިބެންޖެހޭނެކަން ގަބޫލުކުރަން އެހީތެރިވެދެއެވެ.
ސައިކޮތެރަޕީއާއި ވީ.އާރު އެއްކޮށްލައިގެން މި މޮޑިއުލްއިން ނޭދެވޭ ވިސްނުންތަކާއި އުޅުންތައް އަމިއްލައަށް ދެނެގަނެވި އަނިޔާގެ ސަބަބުން މީހުންނަށް ލިބުނު ގެއްލުމުން މިނިވަންވެފައިވާ ދިރިއުޅުމުގެ މުސްތަގުބަލެއް ދައްކުވައިދެއެވެ. މިމޮޑިއުލްގެ ސަބަބުން ކްލައިންޓުން އަމިއްލަ ނަފްސުދެކެ އަލުން ލޯބިވާން ދަސްވެ، އަނިޔާކުރާ ފަރާތާއެކު ނުވަތަ އެފަރާތާނުލައިވެސް ކުރިއަށް އޮތްތަނުގައި ރަނގަޅު ދިރިއުޅުމެއް އުޅުމަށް އުއްމީދުކުރެވެއެވެ.