ގުޅުއްވުމަށް
menu-icon

މަސްތުވާތަކެތީގެ ވަބާ

މަސްތުވާތަކެތީގެ އާދަތައް ނައްތާލައި ސާފު އަދި ދުޅަހެޔޮ މުސްތަގުބަލެއް ފެށުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށާއި، ނަމަވެސް އަޅުގަނޑުމެންގެ PUREMIND® ނާކޮޓިކްސް އެބިއުސް މޮޑިއުލްއާއެކު ކްލައިންޓުންނަށް އަމިއްލަ ނަފްސަށް ފަރުވާ ދިނުމުގެ ނަފްސާނީ ބިންގާ އެޅިގެންދާނެއެވެ. މި މޮޑިއުލްގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކުރީގެ އާދަތައް ނައްތާލައި ސާފު އަދި އުއްމީދީ މުސްތަގުބަލެއް ވިސްނައި، މަސްތުވާތަކެތީގެ އާދަތަކުން ދާއިމީގޮތެއްގައި ދުރުވުމަށް ހިތްވަރު ލިބިގެންދެއެވެ.

މަސްތުވާތަކެއްޗަކީ ނަފްސުގެ ޝިފާގެ ބާރާއި އެއްވަރުގެ އެއްޗެއް ނޫނެވެ.

އަޅުގަނޑުމެންގެ PUREMIND® “ނާކޮޓިކްސް އެބިއުސް” މޮޑިއުލްގެ އެހީގައި މަސްތުވާތަކެއްޗަށް ބަރޯސާވުން ހުއްޓައިލުން

މަސްތުވާތަކެތީގެ ވަބާ އަކީ މުޅި ދުނިޔޭގައި މުޖުތަމައުގެ ތެރެއަށް ވެދެފައިވާ ކަމެކެވެ. އޭގެ ސަބަބުން އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުން ގެއްލި، ދިރިއުޅުން ހަލާކުވެގެން ދެއެވެ. މަސްތުވާތަކެތި ބޭނުންކުރާ ގިނަ މީހުންނަށް މަސްތުވާތަކެތީގެ މައްސަލައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އިންޒާރު ދޭން ނުޖެހޭ މިންވަރަށް މި ނުރައްކާ ވަނީ ފެތުރިފަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ އާދަ ދޫކޮށްލުމަކީ ވޭންދެނިވި އަދި ހިތްދަތި ކަމަކަށް ވެދާނެ އެވެ. އަޅުގަނޑުމެންގެ PUREMIND® ނާކޮޓިކްސް އެބިއުސް މޮޑިއުލް ފަރުމާކޮށްފައިވަނީ ހިތްވަރާއިއެކު, އެއަށް ބަރޯސާވުން ހުއްޓައިލައި, އަނބުރާ ގެންދިއުމުގެ ވޭނާއި ނުތަނަވަސްކަމުގެ ތެރެއިން ދަތުރުކޮށް، ރައްކާތެރި، ދުޅަހެޔޮ ތަނަކަށް އާދެވިދާނެކަން ދައްކުވައިދޭ ގޮތަށެވެ. އިމޭޖަރީގެ އެހީގައި މިކަމުންދުރުވެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭކަން ދެނެގަނެ، އަމިއްލަ ނަފްސުގެ ބާރު ބޭނުންކޮށްގެން އެތަނަށް ދެވޭނެ ގޮތް ދައްކުވައިދެއެވެ. ކްލައިންޓުންނަށް އެނގެނީ އެމީހުންގެ ވިސްނުމުގައި ކޮންމެ ވެސް ކަމަކުން އަރައިގަތުމުގެ ބާރު އޮންނާނެ ކަމެވެ. ބަދަލުތަކާ ގުޅިފައިވާ ވޭނަކީ އެ މަސައްކަތުގެ ތެރޭގައި ހިމެނޭ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމެއްކެމެވެ.