ގުޅުއްވުމަށް
menu-icon

ޕެއިން މެނޭޖްމަންޓް (ތަދުތައް މެނޭޖްކުރުން)

ތަދުގެ ސަބަބުން ސިކުނޑި ހޭލައްވާލައެވެ. ޖިސްމާނީގޮތުން ތަދު އިހުސާސްކުރުވާ ކަންތައްތައް ފިލައިގެން ދިޔަ ނަމަވެސް ތަދު ހުންނަހެން ހީވެއެވެ. ނަފްސާނީ ރަނގަޅު އާދަތައް ދަސްކޮށް، އެ ތަދުތައް އިތުރުކުރުމުގެ ބަދަލުގައި އެ ތަދުތަކާއި ދެކޮޅުހަދާ އާ މަގުތަކެއް ހޯދުމުން ދާއިމީ ތަދުތަކަށް ދުރުކޮށްލުމަށް ފަސޭހަވެގެންދެއެވެ. އަޅުގަނޑުމެންގެ PUREMIND® ޕެއިން މެނޭޖްމަންޓް މޮޑިއުލް ތަދާއި މެދު ހުންނަ ނުރަނގަޅު ވިސްނުންތައް ބަދަލުކޮށްލުމަށް އެހީތެރި ވެދެއެވެ.

ތަދާއި ސިކުނޑި: ވިސްނުމުގެ ބާރުން ދާއިމީ ތަދުތަކަށް ލުއެއްގެނައުން

ދާއިމީ ތަދުތަކުގެ ސަބަބުން ސިކުނޑީގައި މަގުތައް އުފެދެއެވެ.

އަޅުގަނޑުމެންގެ PUREMIND® ޕެއިން (ތަދު) މެނޭޖްމަންޓް މޮޑިއުލްގެ އެހީގައި ތަދާއިމެދު ވިސްނާގޮތް ބަދަލުކޮށްލެވެއެވެ.

ކުޑަމުއްދަތައް އިހުސާސްވާ ތަދުތައް އުފެދެނީ ޕެރިފަރަލް ނާރވަސް ސިސްޓަމްގެ ޒަރިއްޔާއިން ސިކުނޑިއަށް ފޮނުވާލެވޭ ސިގްނަލްއެއްގެ ސަބުބުންނެވެ. މި ސިގްނަލް ލިބޭ ހިސާބުން އެ ތަދު އިހުސާސް ކުރާނީތޯ ނުވަތަ އަޅާނުލާ ދޫކޮށްލުމަށް ނިންމައެވެ. ދާއިމީ ތަދުތަކަކީ މީހާއަށް ޖިސްމާނީގޮތުން ތަޖުރިބާކުރެވޭ ވޭނާއި އެ ތަދުގެ ހަނދާންތަކެވެ. މި ހަނދާންތަކުގެ ސަބަބުން ތަދުގެ އަސަރު ބޮޑުވެ ސްޓްރެސް އިތުރުވެ ‘ޕެއިން ޕާތުވޭތަކެއް” އުފެދިގެން ދެއެވެ. އަޅުގަނޑުމެންގެ PUREMIND® ޕެއިން މެނޭޖްމަންޓް މޮޑިއުލް އެހީތެރިވެދެނީ މިހިސާބުންނެވެ. ތަދަކީ ކްލައިންޓުންގެ ވިސްނުމުގައި ވާ ކަމެއްކަމަށާއި އެއީ ކޮންޓްރޯލު ކުރެވޭނެ ކަމެއްކަން ދެނެގަތުމަށް ތަދާއި މެދު ދެކޭގޮތާއި ނައްސި ވިސްނުމަށް މި މޮޑިއުލް އަމާޒުވެގެންދެއެވެ. ދާއިމީ ތަދުތަކުން އެއްކިބާވެފައިވާ މަގެއް ބިނާކުރުމަށް މި މޮޑިއުލް އެހީތެރިވެދެއެވެ.