ގުޅުއްވުމަށް
menu-icon

PUREMIND Diagnostic Assistant

އަޅުގަނޑުމެންގެ PUREMIND® އަކީ ވަށާޖެހިގެންވާ ޑައިގްނޯސިސް އަދި ފަރުވާ ފޯރުކޮށްދިނުމަށާއި އެލައިޑް ޕްރެކްޓިޝަނަރުން އެ މީހުންގެ ކްލައިންޓުން އެނެލައިސްކޮށް ޓެސްޓުކުރުމަށާއި ފަރުވާތަކުގައި ވީ.އާރު ބޭނުންކޮށްގެން ސެޝަންތައް ނެގުމަށް ތައްޔާރުކުރެވިފައިވާ އެއްޗެކެވެ. މޮނާޝް ޔުނިވަރސިޓީއާއެކު ތަހުގީގުކޮށް ޓެސްޓު ކުރެވިފައިވާ PUREMIND Diagnostic Assistant އަކީ ފަރުވާދޭ ކޮންމެ ތަނެއްގައިވެސް ބޭނުންކުރެވިދާނެ ރަނގަޅު ވަސީލަތެކެވެ.

PUREMIND DIAGNOSTIC ASSISTANT

އަޅުގަނޑުމެންގެ PUREMIND Diagnostic Assitant އަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ދެކޭގޮތް ދައްވުން، ހާސްވެ ކަންބޮޑުވުން، އަމިއްލަ ނަފްސަށް ގެއްލުން ދިނުން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތައްތަކަށް ދެވޭ ފަރުވާ ދެނެގަނެ އެ ފަރުވާ ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މި ވަސީލަތް ބޭނުންކޮށްގެން ފުރިހަމަ ފަރުވާގެ ޕްލޭންއެއް އެކުލަވައިލެވިދާނެއެވެ.

pda-middle-img

PUREMIND Diagnostic Assistant Questionnaire

މި PDA އަކީ PUREMIND® ގެ ތަމްރީނު ލިބިފައިވާ ހިދުމަތްތެރިންނަށް ކްލައިންޓުންގެ ޕްރައިމަރީ (ފެންނަން ހުންނަ) މައްސަލަތައް އަދި އަޑީގައިވާ ހާލަތްތައް ދެނެގަތުމަށް އެހީތެރިވެދޭ ކްލައިންޓުންނާއި ކުރެވިގެންދާ ސުވާލުތަކެކެވެ. ހިދުމަތްތެރިން ކްލައިންޓުންނަށް އެކަށީގެންވާ ފަރުވާދިނުމަށާއި ޕްލޭންއެއް އެކުލަވާލުމަށް އެހީތެރިކަން ހޯދުމަށް ކްލައިންޓުންގެ ޖަވާބުތައް މި ޓޫލްއަށް އެޅުމުން ފުރިހަމަ ޑައިގްނޯސްޓިކް ރިޕޯރޓެއް ތައްޔާރުވެގެންދާނެއެވެ. ރިޕޯރޓުން ލިބިދޭ މަޢުލޫމާތުތަކުގެ އެހީގައި:

  1. ފަރުވާ ފޯރުކޮށްދޭން ޖެހެނީ ޕްރައިމަރީ ހާލަތްތަކަށްތޯ ނުވަތަ އޭގެ އަޑީގައިވާ ހާލަތްތަކަށްތޯ އެނގިގެންދޭ
  2. ކޮންމެ ހާލަތަކަށް އެކަށީގެންވަނީ ކޮންކަހަލަ ފަރުވާއެއްތޯ އެނގުން، އަދި
  3. ފަރުވާ އެކުލަވައިލާނީ PUREMIND® ގެ އެއް މޮޑިއުލް ނުވަތަ އެއަށްވުރެ ގިނަ މޮޑިއުލްއިންތޯ ނިންމިދާނެއެވެ.

ކްލައިންޓުންނަށް ދެވޭ މި ސުވާލުތަކަކީ މައިގަނޑު ނިންމުމަކާއި ހަމައަށް ދިއުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އެހީގައި:

  1. ތަޖުރިބާކާރު ތަހުލީލެއްކުރެވުން
  2. ހިދުމަތް ފޯރުކޮށްދޭ ބޭފުޅުންގެ އެހީއާއިއެކު ވީ.އާރު ބޭނުންކޮށްގެން ފަރުވާ ފޯރުކޮށްދިނުން، އަދި
  3. ފޮލޯއަޕް ހެދުން (ބޫސްޓަރ ވީ.އާރު އަދި ޕްރައިމްގެ އެހެނިހެން މޮޑިއުލްތައް ބޭނުންކޮށްގެން)

ޕްރެކްޓިޝަނަރުންނަށް ތަމްރީނު ދެވިފައިވަނީ ފުރިހަމަކޮށްފައިވާ ސުވާލުތައް އެނެލައިޒްކޮށް، ވީ.އާރް ފަރުވާތައް ހިންގުމަށާއި، ކޮންމެ މޮޑިއުލެއް ނިމުމުން ކްލައިންޓުންނަށް ޑީ-ބްރީފް ކޮށްދެވޭނޭ ގޮތަށެވެ.