ގުޅުއްވުމަށް
menu-icon

އަމިއްލަ ނަފްސަށްކުރާ އިތުބާރާއި ދެކޭގޮތް

އަމިއްލަ ނަފްސަށްކުރާ އިތުބާރާއި ދެކޭގޮތް ދަށް މީހުންނަށް އިހުސާސް ކުރެވެނީ ބޭކާރު، ދެނެނުގަނެވި، ދިރިއުޅުމަށް ތައްޔާރު ނުވާ ކަމެވެ. އަދި ލޯތްބެއް ނެތް ކަމުގެ އިހުސާސް ވެސް ކުރެވިދާނެއެވެ. އަމިއްލަ ނަފްސަށް ކުރާ އިހުތިރާމް ކުޑަވުމުގެ ސަބަބުން ނައްސި ވިސްނުންތަކަށް މަގުފަހިކޮށްދެއެވެ. އަޅުގަނޑުމެންގެ PUREMIND® ސެލްފް އެސްޓީމް މޮޑިއުލްގެ ސަބަބުން ކްލައިންޓުންނަށް މި އާދަތަކުން އެއްކިބާވެ އަމިއްލަ ނަފްސު ދެކެ ލޯބިވާން ދަސްކޮށްދެއެވެ.

އަމިއްލަ ނަފްސާމެދު ރަނގަޅަށް ވިސްނުން

އަމިއްލަ ނަފްސުދެކެ ލޯބިވާން ދަސްކުރުން

އަޅުގަނޑުމެންގެ PUREMIND® ސެލްފް އެސްޓީމް (އަމިއްލަ ނަފްސަށްކުރާ އިތުބާރާއި ދެކޭގޮތް) މޮޑިއުލް

އަމިއްލަ ނަފްސަށް ކުރާ އިހުތިރާމް ކުޑަވުމަކީ ނަފްސާނީ ގޮތުން އެންމެ އާންމު ކަމެވެ. އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް އެކި ފަހަރު މަތިން އިތުބާރު ނެތް ނަމަވެސް، އަބަދުވެސް ތިމާއަކީ ނާކާމިޔާބުމީހެއް ކަމަށް އިހުސާސް ކުރެވޭ ހިނދު، ނުވަތަ ގިނަ ފަހަރަށް އަމިއްލަ ނަފްސާމެދު ނުތަނަވަސްކަން އިހްސާސްކުރެވޭ ހިނދު، އަމިއްލަ ނަފްސަށް ކުރާ އިހުތިރާމް ކުޑަވުމަކީ އުފާވެރިކަން ދޮގުކޮށް ދިރިއުޅުން ކޮންޓްރޯލް ކުރާ ހާލަތަކަށް ވެގެންދެއެވެ. މީގެ ސަބަބުން އަމިއްލަ ނަފްސަށް އަނިޔާކުރުމާއި ޑިޕްރެޝަން އަދި މަސްތުވާތަކެތީގެ ވަބާ ފަދަ އެހެނިހެން ނުރަނގަޅު އާދަތަކަށް މީހުން މަގުފަހިކޮށްދެއެވެ. އެކަމުގެ ސަބަބުން މީހާގެ އާއިލީ އަދި އިޖުތިމާއީ ދިރިއުޅުމާއި ގުޅުންތައް ހަލާކުވެގެންދެއެވެ. އަޅުގަނޑުމެންގެ PUREMIND® ސެލްފް އެސްޓީމް (އަމިއްލަ ނަފްސަށްކުރާ އިތުބާރާއި ދެކޭގޮތް) މޮޑިއުލްގެ ސަބަބުން ކްލައިންޓުންނަށް އެމީހުންގެ ނާޤާބިލުކަމުގެ އިޙްސާސްތައް އެނަލައިޒްކުރުމަށް އެހީތެރިވެދެއެވެ. އަމިއްލަ ނަފްސުގެ ވިސްނުން ބައްޓަންކުރާ ހަނދާންތަކާއި އާދަތަކަށް ބަލައި، އެ އާދަތައް ބަދަލުކުރުމުގެ ޤާބިލުކަން ހުރިކަން ދަސްކޮށްދެއެވެ. ސައިކޮތެރަޕީ އާއި ވީއާރު ބޭނުންކޮށްގެން ކްލައިންޓުންނަށް ހިތްވަރު ލިބެނީ އެމީހުންގެ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް އަމިއްލަ ނަފްސަށް ލޯބިކުރަން ފަށައި، ކުރީގެ ކަންކަން ދޫކޮށް، ރަނގަޅު ދިރިއުޅުމެއް ބިނާކުރުމަށެވެ.