ގުޅުއްވުމަށް
menu-icon

ސްޓްރެސް ރިލީފް

ސްޓްރެސް މި ޒަމާނުގެ ދިރިއުޅުމުގައި ދިމާވާ އެއް އުނދަގުލެވެ. އެއީ ޢާއްމުގޮތެއްގައި ކަމެއް ކުރުމަށް ވިސްނުމުން (ނުވަތަ ކުރަންޖެހޭ ކަމެއް ނުކުރުމުގެ) ސަބަބުން އުފެދޭ އިހުސާސެކެވެ. އެކަމުގެ ސަބަބުން ކުރިމަތިވާ ސްޓްރެސްއަކީ ޢާއްމުގޮތެއްގައި އޭގެ ތެރޭގައި ހިމެނޭ ޙަޤީޤީ ނުރައްކާތަކާ އެއްވަރުގެ ސްޓްރެސްއެއް ނޫން ކަމަށާއި، އެ ސްޓްރެސް ޖަމާވެ، ސިއްޙަތަށް ނުރައްކާ ވެގެން ދެއެވެ. އަޅުގަނޑުމެންގެ PUREMIND® Stress Relief މޮޑިއުލް މެދުވެރިކޮށް ކްލައިންޓުންނަށް ސްޓްރެސްވާ ކަންތައްތަކާއި ކުރިމަތަލައި، ދާއިމީގޮތެއްގައި ހުންނަ ސްޓްރެސް އުފައްދައިދޭ އެނބުރެމުންދާ ޙިޔާލުތަކާއި އާދަތައް މުގުރާލުމަށް އެހީތެރިވެދެއެވެ.

ކަންކަމުގައި ސްޓްރެސްވާ ހާލަތްތަކުގައި އަމަލުކުރެވޭ ގޮތްތައް ދޫކޮށްލުން

ސްޓްރެސްއަކީ ކޮންޓްރޯލް ކުރެވިދާނެ އާދައެކެވެ.

އަޅުގަނޑުމެންގެ PUREMIND® Stress Relief މޮޑިއުލްއިން ފަރުވާދޭންފަށައެވެ. ދިރިއުޅުމުގައި ސްޓްރެސްވާ ވަގުތުތަކެއް ހުރެދާނެއެވެ. ނަމަވެސް ސްޓްރެސްގެ ސަބަބުން ކުރެވޭ އިހުސާސްތަކަކާއި ރިއެކްޝަންތަކަކީ ސިއްހަތަށް ކުރިމަތިވާ ނުރަނގަޅު ނަފްސާނީ އާދައަކަށްވެދާނެއެވެ. އަޅުގަނޑުމެންގެ PUREMIND® Stress Relief މޮޑިއުލްގެ ސަބަބުން ކްލައިންޓުންނަށް އެމީހުންގެ މާޒީގެ ކަންކަމުން ދަސްކޮށް، ސްޓްރެސްގެ ޓްރިގަރތަކަށް މާބޮޑަށް ރިއެކްޓްކުރުމަކީ ދާއިމީ ސްޓްރެސްއަކަށް މަގުފަހިވެ މަޑުމުޑުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަމެއްކަން ދެނެގަނެވެއެވެ. މި މޮޑިއުލްގައި ކިޔައިދޭނީ ސްޓްރެސްވާ ކަންތައް އަމިއްލައަށް ދެނެގަންނާނެގޮތާއި އެކަންތައްތަކާއި މެދު އައު ނަޒަރަކުން ބަލައި ނަފްސާނީ މައްސަލަތައް ފާހަގަކޮށް ހުށިޔާރުކަމާއިއެކު އެކަންތައް ރަނގަޅުކުރާނެ ގޮތްތަކެކެވެ. މޮޑިއުލް ފުރިހަމަކުރާ ކްލައިންޓުންނަށް އެމީހުންގެ ވިސްނުން ކޮންޓްރޯލްކޮށް ސްޓްރެސް ދައްކުރަން ދަސްވެގެންދާނެއެވެ. މުސްތަގުބަލުގައި ކޮންމެ ކަމަކާވެސް ކުރިމަތިލުމުގެ ބާރު އެމީހުންގެ ވިސްނުމުގައި ހުރިކަން އެނގުމުން އުފާފާގަތި ދިރިއުޅުމެއް އުޅެވޭނެކަމުގެ އިހުސާސްކުރެވެންފަށާނެއެވެ. ބާރުވެރިވެ ނަފްސުދެކެ ލޯބިވެ، ވިސްނުމާއި ހަށިގަނޑާއި ގުޅުންތައް ރަނގަޅުގޮތުގައި ބެލެހެއްޓުމަށް ތައްޔާރުވެގެންދާނެއެވެ