ގުޅުއްވުމަށް
menu-icon

PUREMIND Serenity

މެހެމާނުންނަށް އަރާމާއި ލުއިކަމަށް އެހީތެރިވުމަށް ވީ.އާރު-އެނޭބަލްޑް "މައިންޑް މަސާޖް"

PUREMIND Serenity

އަޅުގަނޑުމެންގެ މެހެމާނުންނަށް PUREMIND Serenity ގެނެސްދެނީ ވީ.އާރު ބޭނުންކޮށްގެން ސްޓްރެސް ދޫކޮށް ދިރިއުޅުން އާލާކުރުމަށް ބޭނުންކުރެވޭ މުޅިން ތަފާތު ފަރުވާއެކެވެ. ނަފްސަށް ހިތްހަމަޖެހުން ގެނެސް ނާރުގެ ނިޒާމް ހަރުދަނާކޮށް ރަނގަޅު ޗުއްޓީއަކަށް މެހެމާނުން ތައްޔާރުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މަޑުމައިތިރި އޯޑިއޯ-ވިޝުއަލް ޓްރީޓްމެންޓްގެ އަގުވަޒަން ކޮށްލައްވާށެވެ.

ps-icon-1

ސްޓްރެސް ނައްތާލަން ދަސްކުރުން

ތި ފެނުނީ ރަނގަޅަށެވެ. ބައެއްފަހަރު މެހެމާނުންވެސް ސްޓްރެސް ނައްތާލަން ދަސްކުރަން ޖެހެއެވެ. ހޯދަމުންދިޔަ ހުސްވަގުތުކޮޅު އައި ކަމުގައިވީނަމަވެސް، ހަމަޖެހިލުމަށާއި ރަނގަޅަށް ނިދާލުމަށާއި އައު ރޫޓިންއަކަށް ރުޖޫޢަވުމަށް ކުޑަ ވަގުތުކޮޅެއް ނަގައެވެ. މިއީ އަހަރުމެން އެންމެންނަށްވެސް ދިމާވެދާނެ ކަމެކެވެ. އަދި މި ހަމަޖެހުލުމަށް ނަގާ ވަގުތުކޮޅަކީ މިލިބޭ ޗުއްޓީއިން ބޭކާރު ވެގެންދާ ވަގުތުތަކެކޭވެސް ހީވެދާނެއެވެ. އަޅުގަނޑުމެންގެ މި ބާރުގަދަ PUREMIND Serenity މޮޑިއުލްއަކީ ހަމަޖެހިލުމަށް އެންމެންނަށްވެސް ފަސޭހައިން ބޭނުންކޮށްލެވޭނެ މޮޑިއުލްއެކެވެ.

ps-icon-2

މުހިންމު ކަންތައްތަކާ ގުޅުވާލުން

އަމިއްލަ ނަފްސަށް ކުޑަ ހުސް ވަގުތުކޮޅެއް ނެގުމަކީ ހީވާ ކަހަލަ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. ގޭތެރޭގެ ދިރިއުޅުމާބެހޭ ހިޔާލުތައް ސިކުނޑީގައި އެނބުރެމުން ދާއިރު ނަފްސާނީ ގޮތުން "ޒޯން އައުޓް" ވުމަކީވެސް އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. މެޑިޓޭޝަންއަކީ އެންމެންނަށް އޮތްކަމަކަށް ނުވި ނަމަވެސް، އަޅުގަނޑުމެންގެ މި ވީ.އާރު މޮޑިއުލްގައި ހިމެނޭ މެޑިޓޭޝަންގައި ބޭނުންކުރާ އުކުޅުތަކަކީ ވަގުތުން ސިކުނޑިއާއި ވިސްނުން ހަމަހިމޭންކޮށްލައި، ލޭގެ ޕްރެޝަރ ދައްކޮށްދީ، ވިސްނުން ސާފުކޮށް، ސަމާލުކަން އިތުރުކޮށް، އިހުސާސްތައް ތަރުތީބުކޮށްލުމަށް އެހީތެރިވެދޭ އުކުޅުތަކެކެވެ.

ps-icon-3

ފަސޭހަކޮށް ދިނުމާއި ހަކަތަ އިތުރުކޮއް ދިނުން

މީހުން ޗުއްޓީއަށް ދަނީ ކީއްވެހެއްޔެވެ؟ އެތައް ސަބަބުތަކެއް ހުރި ނަމަވެސް ގިނަ މީހުން ބޭނުންވަނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހުމެއް ލިބިގެން އެނބުރި ދިއުމަށެވެ. ސިކުނޑިއާއި ވިސްނުމަށް އަރާމެއް ހޯދުމަކީ މި ޗުއްޓީ ފަށަން އެއްމެ ރަނގަޅު ގޮތްކަމުގައިވިޔަސް ލިބިފައިވާ ނަފްސާނީ ޒަހަމްތަކާ މެދު ފުންކޮށް ވިސްނައި އައު ނަޒަރިއްޔާތަކުން ދެކި ޝިފާ ހޯދުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހޭދަ ކުރި ޗުއްޓީއަކީ ރަނގަޅު ހަދާންތައް ގިނަ ދެމެހެއްޓެނިވި އުފަލެއް ލިއްބައިދިން ޗުއްޓީއަކަށް ވުން އެކަށީގެންވެއެވެ.

ޑޭ ސްޕާ އެއް ބޭނުން ނުވާ ރިލެކްޝަން ޓްރީޓްމަންޓެއް

ތިމާ އަރާމުކުރަން ތައްޔާރު ކަމުގައި ވީ ނަމަވެސް ދިރިއުޅުމުގައި ދިމާވާ ކަންބޮޑުވުންތައް ދޫކޮށްލުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. ޑީ-ޕްރެޝަރިންގ ގެ ދުވަސްތަކަކާއި އެކު ޗުއްޓީ ފެށިގެންދަނީ ކިހާ ވަރަކަށް؟ އަޅުގަނޑުމެންގެ PUREMIND Serenity މޮޑިއުލްއިން އަރާމު ލިބިގަނެ، ރިކަވަރީގެ ހާލަތަކަށް އަވަހަށް ދިއުމަށް އެހީތެރިވެދޭނެއެވެ. އަމިއްލަ ކޮޓަރީގެ ހިތްހަމަޖެހުމުގައި ބޭނުންވާ ކޮންމެ ވަގުތެއްގައި މި ޙާއްސަ ޕެމްޕަރިންގ މެހެމާނުންނަށް ފޯރުކޮށްނުދެވެންވީ ކީއްވެހެއްޔެވެ؟ އެކަމަށްޓަކައި އެ ބޭފުޅުން ތިޔަ ބޭފުޅުންނަށް ޝުކުރުވެރިވާނެއެވެ

ps-middle-img

އެހެންވީމާ މެހެމާނުންނަށް މި ޙާއްސަ ކަންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ނުދޭންވީ ކިއްވެހެއްޔެވެ؟

މެހެމާނުންނަށް އަހަންމިއްޔަތު ދޭކަން ދައްކުވައިދިނުމަށް މި ޑީ-ސްޓްރެސް މޮޑިއުލް އެމީހުންގެ ކޮޓަރީގައި ބޭނުންކޮށްލެވިދާނެކަން ދައްކުވައިދޭށެވެ.

img
img