PUREMIND® އަށް މަރުހަބާ
PUREMIND® (ޕިއޯރމައިންޑް) ގައި ސާބިތުކޮށްދެނިވި ސައިކޮތެރަޕީތަކާއި ޒަމާނީ ވީ.އާރު ޓެކްނޮލޮޖީ އެކުލަވާލައިގެން ބަދަލުގެނުވަނިވި ސައިކޮތެރަޕީތައް ތައާރަފުކުރަމެވެ.
މީގެ ނަތީޖާއަކީ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ އަމަލުތަކާއެކު ހިއްސުތަކުގެ ތަޖުރިބާއާ ގުޅުވާލައިގެން އިޖާދީ މޮޑިއުލުތައް ނެރުމެވެ.
ކޮމްޕިއުޓަރުގެ 3D މަންޒަރުތަކާއެކު ވީ.އާރު ހެޑްސެޓްތަކުގެ އެހީގައި އަޑާއި އަދި ވީޑިއޯއާ އެއްކޮށް ބައިވެރިންނަށް ހާއްސަކުރެވިގެންވާ ތެރަޕީ ސެޝަންތަކަކަށް ވަދެވިގެންދާނެއެވެ.
އެހެންކަންކަމަށް ސަމާލުނުދީ، ރަނގަޅު އާދަކާދަތަކާއި އައުވިސްނުންތަކަކާއެކު އަވަހަށް ފަސޭހަވާނެފަދަ ހައްލުތައް ލިބުމުގެ ފައިދާތައް ހުރެއެވެ.
ހަމައެއާއެކު ޒަމާނީ ވީ.އާރު ޓޫލްތައް ބޭނުންކޮށްގެން މީހެއްގެ ނަފްސާނީ ހާލަތު ދެނެގަނެ ދުޅަހެޔޮކަން ހާސިލުކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށްޓަކައި PUREMIND Diagnostic Assistant™ (PDA™) އެއްވެސް އެކުލަވާލާފައިވެއެވެ.
އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީއާއެކީ އެކުލަވާލާފައިވާ މިޓޫލްއަކީ 40 ށްވުރެ ގިނަ ނަފްސާނީ ބަލިތައް އަމިއްލައަށް ދެނެގަނެވޭނެ ޓޫލެކެވެ.
ހަމައެކަނި އެޔެއް ނޫނެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށްގެން ހޮޓެލްތަކާއި ރިސޯޓަށް އަންނަ ގެސްޓުން އަރާމުކޮށް ހާސްތަކުން ދުރުވުމަށްޓަކައި ހާއްސަ މޮޑިއުލެއްކަމަށްވާ PUREMIND Serenity™, ވެސް އީޖާދުކުރެވިފައިވެއެވެ.
PUREMIND® ގައި އަޅުގަނޑުމެންދެކެނީ ވީ.އާރު ތެރަޕީސްއަކީ ނިމުމެއް ނެތް ކަމެއް ކަމަށެވެ. މިދަތުރު އަދި ހަމަ ފމި ަށަނީއެވެ. އަޅުގަނޑުމެންގެ ސައިޓު ބައްލަވާ ތިޔަފަރާތަށާއި، ޕޭޝަންޓުންނާއި ކްލައިންޓުން އަދި މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ޚިދުމަތްތައް ހޯދާލައްވާށެވެ.
Read More®PUREMIND ގެ ޚިދުމަތްތައް
އަޅުގަނޑުމެންގެ ޚިދުމަތްތައް އަމާޒުކޮށްފައިވަނީ މިހާރު އެންމެ ކަންބޮޑުވާ ބައެއް ނަފްސާނީ ސިއްހަތާ ގުޅުން ހުންނަ މައްސަލަތައް: ޑިޕްރެޝަން، އެންޒައިޓީ، ގެވެށި އަނިޔާ، ބަރުދަން މެނޭޖްކުރުން، ރާބުއިމާއި ސިގިރޭޓުބުއިން ފަދަ ކަންކަމަށެވެ.
މީގެ އިތުރުން، ވަރަށް ހިތްގައިމު އަރާމުކޮށްދޭ މޮޑއިއުލެއްވެސް އަޅުގަނޑުމެން އުފައްދާފައިވެއެވެ.
PUREMIND® ވީ.އާރު ތެރަޕީސްގެ ނަތީޖާ ވަރަށް އަސަރުގަދައެވެ: ބޭނުންކުރާލެއް ގިނަވެފައި، ރަނގަޅު ފަރުވާތަކަކަށްވެފައި، އަނބުރާ ރިލެޕްސަށް ދިއުމުގެ ފުރުސަތު ކުޑަވެއެވެ.
Prime VR Therapy (ޕްރައިމެރީ) ވީ.އާރު ތެރަޕީގެ އަސާސީ މޮޑިއުލްތަކުގެ ތެރޭގައި ނަފްސާނީ ގޮތުން ދިމާވާ ބައިވަރު މައްސަލަތަކަށް އަމާޒުކޮށްފައިވެއެވެ.
Booster VR Therapy (ބޫސްޓަރ) ވީ.އާރު ތެރަޕީގެ މޮޑިއުލްތަކަކީ ޕްރައިމެރީ މޮޑިއުލްތައް ނަގާފައިވާ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިތުރު ހިތްވަރެއް ދިނުމަށްޓަކައި ހެދިފައިވާ މޮޑިއުލްތަކެކެވެ.
PUREMIND Serenity™ (ޕިއޯރމައިންޑް ސެރެނިޓީ) އަކީ ފަތުރުވެރިކަމާ ގުޅުންހުރި ސިނާއަތްތަކަށް ފަރުމާކުރެވިގެން ހޮޓެލްތަކާއި ރިސޯޓުތަކުގެ ފަތުރުވެރިންނަށް ވަރަށް ބޮޑަށް އަރާމުކޮށްލުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޒަމާނީ ނަން-ކްލިނިކަލް ޚިދުމަތެކެވެ.
PUREMIND Diagnostic Assistant™ (PDA™) (ޕިއޯރމައިންޑް ޑަޔަގްނޯސްޓިކް އެސިސްޓަންޓް) އަކީ ނަފްސާނީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ޕޭޝަންޓުން އެސެސްކޮށް ވީ.އާރު ތެރަޕީއަކީ އެންމެ އެދެވިގެންވާ ފަރުވާތޯ ބެލުމަށްޓަކައި އުފައްދާފައިވާ ޓޫލެކެވެ.
ޕިއޯރމައިންޑް ޑަޔަގްނޯސްޓިކް އެސިސްޓަންޓް
PUREMIND Diagnostic Assistant™ (PDA™) (ޕިއޯރމައިންޑް ޑަޔަގްނޯސްޓިކް އެސިސްޓަންޓް) ފަރުމާކޮށްފައިވަނީ PUREMIND® (ޕިއޯރމައިންޑް) އިން ތަމްރީނުކޮށްފައިވާ ނަފްސާނީ ޚިދުމަތްތެރިންނަށް ބަލިމީހުންނާ ކްލައިންޓުންނަށް ޚިދުމަތްދިނުމުގައި ބޭނުންކުރުމަށެވެ.
PUREMIND Diagnostic Assistant™ (PDA™) (ޕިއޯރމައިންޑް ޑަޔަގްނޯސްޓިކް އެސިސްޓަންޓް) ގެ ސުވާލުތަކަކީ ވީ.އާރު މޮޑިއުލަކަށް އަވަހަށް ރިފަރކުރެވޭނެ އަދި ދިމާވެފައިހުރި ނަފްސާނީ މައްސަލައާގުޅޭގޮތުން މައުލޫމާތު ލިބިދޭ ޚިދުމަތްތެރިންނަށް ބޭނުންކުރެވޭނެ ފުރިހަމަ ޓޫލެކެވެ.
Read More